ޔޫއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގެ ގުރުއަތުލުން ރޭ ބާއްވައިފިއެވެ.
ރޭ ބޭއްވި ޔޫއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގެ ގުރު ނެގުމުގެ ހަފްލާގައި ކްލަބު ލެޖެންޑުންނާއި ފުޓުބޯޅައިގެ ތާރީހީ މޫނުތައް ފެނިގެން ގޮސްފައިވާ އިރު، ގުރުއަތުން އެންމެ ފާހަގަކޮށްލެވުނު ގްރޫޕަކީ ގްރޫޕް އެފްއެވެ. 2002-2003 ވަނަ އަހަރުގެ ސީޒަނަށްފަހު އަލަށް ޗެމްޕިއަންސް ލީގަށް ދިޔަ އިނގިރޭސި ލީގުގެ ނިއުކާސަލްގެ އިތުރުން ދެން އެ ގްރޫޕުގައި ހިމެނެނީ ޔޫރަޕްގެ ވަރުގަދަ ބާރުތަކެވެ.
އެގޮތުން ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީގެ އިތުރުން ދެން ހިމެނެނީ އިޓަލީގެ އޭސީ މިލާނާއި ޖަރުމަނުގެ ޑޯޓުމަންޑެވެ. ނިއުކާސަލް ފިޔަވާ ދެން އޮތް ތިން ޓީމަކީވެސް މިދިޔަ 16 އަހަރު ތެރޭގައި ޗެމްޕިއަންސް ލީގުގެ ފައިނަލުން ފެނިފައިވާ ޓީމުތަކެވެ.
ނިއުކާސަލްއަށް އުނދަގޫ ގްރޫޕެއް އޮތް އިރު، ޕީއެސްޖީއަކީ 2020 ވަނަ އަހަރު ފައިނަލަށް ގޮސްފައިވާ ޓީމެކެވެ. އަދި އޭގެ އިތުރުން އޭސީ މިލާނަކީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ސެމީ ފައިނަލް ކުޅެ، މީގެ ކުރިން ހަތް ފަހަރު ތަށި ހޯދާފައިވާ ޓީމެކެވެ.
އިނގިރޭސި ކްލަބު މެންޗެސްޓާ ޔުނައިޓެޑުން ހިމެނެނީ ޖަރުމަނުގެ ގަދަބާރު ބަޔާން މިއުނިކްގެ އިތުރުން ކޮޕަން ހޭގަން އަދި ގަލަޓަސަރާއީއެވެ. އާސެނަލް ގްރޫޕް ބީގައި ހިމެނުނު އިރު، އެ ގްރޫޕް ފެންނަނީ ފަސޭހަކޮށެވެ. އާސެނަލްގެ އިތުރުން ދެން ގްރޫޕްގައި ހިމެނެނީ ސެވިއްޔާއާއި ޕީއެސްވީ އެއިންދޮވެން އަދި އާރްސީ ލެންސެވެ. އާސެނަލް މިފަހަރުގެ ޗެމްޕިއަންސް ލީގަށް ނުކުންނަނީ 2016-17 ވަނަ އަހަރު ސީޒަނަށްފަހު އަލަށެވެ.
- ގްރޫޕް އޭ: ބަޔާން މިއުނިކް، މެންޗެސްޓާ ޔުނައިޓެޑް، އެފްސީ ކޯޕަންހޭގަން، ގަލަޓަސަރާއި
- ގްރޫޕް ބީ: ސެވިއްޔާ، އާސެނަލް، ޕީއެސްވީ އެއިންދޮވެން، އާރްސީ ލެންސް
- ގްރޫޕް ސީ: ނަޕޯލީ، ރެއާލް މެޑްރިޑް، ބްރާގާ، ޔޫނިއަން ބާލިން
- ގްރޫޕް ޑީ: ބެންފިކާ، އިންޓަ މިލާން، ސާލްސްބާގު، ރެއާލް ސޮސިއެދާދު
- ގްރޫޕް އީ: ފޭނޫޑް، އެތުލެޓިކޯ މެޑްރިޑް، ލާޒިއޯ، ސެލްޓިކް
- ގްރޫޕް އެފް: ޕީއެސްޖީ، ބްރޫޝިއާ ޑޯޓުމަންޑް، އޭސީ މިލާން، ނިއުކާސަލް
- ގްރޫޕް ޖީ: މެންޗެސްޓާ ސިޓީ، އާރްބީ ލެއިޕްޒިގް، ރެޑް ސްޓާ ބެލްގްރޭޑް، ޔަންގް ބޯއީސް
- ގްރޫޕް އެޗް: ބާސެލޯނާ، ޕޯޓޯ، ޝަކްތާރު ޑޮނެސްކް، ރޯޔަލް އަންޓްވާޕް
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު