ކައުންސިލުން ރައްޔިތުންގެ މަޝްވަރާ ހޯދަންޖެހޭ ކަންކަމުގައި އިލެކްޓްރޯނިކް ވޯޓިންގެ ޒަރިއްޔާއިން ރައްޔިތުންގެ ހިޔާލު ހޯދޭނެ ނިޒާމެއް ތައާރަފުކުރަން އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.
ބ. ދަރަވަންދޫގައި މިރޭ ބޭއްވި އެމްޑީޕީގެ ރިޔާސީ ކެމްޕެއިން ޖަލްސާގައި އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކުގެ ހަތަރުވަނަ ސިޔާސަތު، "ހެޔޮވެރިކަން" ވަނީ އިފުތިތާހުކޮށްފަ އެވެ. ސިޔާސަތު އިފުތިތާހު ކޮށްދެއްވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ހެޔޮވެރިކަން ބަހާލާފައިވަނީ ފަސް ބަޔަކަށެވެ. އެއީ ލާމަރުކަޒީ ނިޒާމު ވަށާޖެހުން، އިންސާފު ގާއިމުކުރުމުގެ ނިޒާމު ފުރިހަމަކުރުން، ދައުލަތް ހިންގުމާއި ޖަވާބުދާރީ ކުރުވަނިވި ނިޒާމު ހަރުދަނާކުރުން، މިނިވަން ހާރިޖީ ސިޔާސަތު ދެމެހެއްޓުން އަދި ލާމެހިފައިވާ ދިފާއުއެވެ.
މި ހަތަރު ބައިގެ ތެރެއިން ލާމަރުކަޒީ ނިޒާމު ވަށާޖެހުމުގެ ތެރެއިން ކައުންސިލްތަކުގެ ހިންގުން ލުއިފަސޭހަކުރުމުގެ ދަށުން ނުވަ ކަމެއް ކުރިއަށް ރާވާފައިވެއެވެ. އެއީ:
- - ކައުންސިލްތަކުގެ މަސައްކަތްތައް ޑިޖިޓައިޒްކުރުމުގެ މަސައްކަތް ފުރިހަމަކުރުން
- - ކައުންސިލުގެ މުވައްޒަފުން ކައުންސިލަށް ޖަވާބުދާރީވެވޭނެ ނިޒާމެއް ކަނޑައެޅުން
- - ފްލެކްސިބަލް އަދި ރިމޯޓް ވޯކިންގެ އުސޫލުން ކައުންސިލުގައި މަސައްކަތް ކުރެވޭނެ ގޮތަށް ކަމާބެހޭ ގާނޫނުތަކަށް އިސްލާހު ގެނައުން
- - ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުން
- - އާ ކައުންސިލް އިމާރާތް ނެތް ހުރިހާ ކައުންސިލްތަކަށް، ޒަމާނީ ކައުންސިލް އިމާރާތްތައް ގާއިމުކުރުން. އެ އިމާރާތްތަކުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ބޭނުންވާ ޖާގަ ހިމެނުން
- - އިލެކްޓްރޯނިކް ވޯޓިންގެ ޒަރިއްޔާއިން ރައްޔިތުންގެ ހިޔާލު ހޯދޭނެ ނިޒާމެއް ތައާރަފު ކުރުން
- - ކައުންސިލްތަކާ ހަވާލުކުރެވޭ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ކައުންސިލްތައް ބާރުވެރިކުރުމުގެ ގޮތުން ބޭނުންވާ ވަސީލަތްތައް އިތުރުކުރުން
- - ރަށްތަކާއި ސިޓީތަކުގެ ދައުލަތުގެ އިދާރާތަކުގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުން
- - އަލަށް އިމާރާތްކުރާ ކައުންސިލް އިމާރާތްތަކުގައި ސޯލާ ޕެނަލް ހަރުކުރުން
ޚަބަރު
ޚަބަރު
ޚަބަރު