ޚަބަރު

ރަސްދޫގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭން ރަށް ކައިރިން ފަޅެއް ހިއްކައިދޭނަން: ރައީސް

އއ. ރަސްދޫއަށް ބިމުގެ ދަތިކަން ކުރިމަތިވެ، ބޯހިޔާވަހިކަން ދޭނެ ބިންވެސް ނެތުމުން އެކަމަށް ހައްލެއް ހޯދައިދިނުމަށް އެ ރަށް ކައިރިން ފަޅެއް ހިއްކައިދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އއ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ރިޔާސީ ކެމްޕޭން ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ރަސްދުއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް ވަނީ އެ މަނިކުފާނުގެ ދެވަނަ ދައުރުގައި އެ ރަށަށް ކޮށްދެއްވާނެ ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ.

އެގޮތުން ރަސްދޫ ކައިރިން ފަޅެއް ހިއްކައިދޭނެ ކަމަށް ވައުދުވަމުން ރައީސް ވިދާޅުވީ، އެކަމާ ގުޅޭ ގޮތުން ރަށު ކައުންސިލާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ރަސްދޫއަށް ރައީސް ވެވަޑައިގެންނެވި ވައުދުތައް:

  • އޮފީސް ކޮމްޕްލެކްސްއެއް އިމާރާތްކުރުން
  • ސްކޫލުގައި މަލްޓި ޕާޕަސް ހޯލެއް އިމާރާތްކުރުން
  • ސްކޫލުގައި މަލްޓި ސްކިލް ކްލާސްރޫމް ބްލޮކެއް އިމާރާތްކުރުން
  • ސްކޫލުގައި ކޮމްޕިއުޓާ ލެބާއި ލައިބްރަރީ އަދި ޕްލޭ އޭރިއާއެއް ހެދުން
  • އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އެއް އިމާރާތްކުރުން
  • ސުވިމިން ޓްރެކެއް ހެދުން
  • ފުޓްބޯޅަ ދަނޑުގައި ސިޑިބަރިއަކާއި ޗޭންޖިން ރޫމެއް ހެދުން
  • ފްލޯޓިން ސީޕްލޭން ޕްލެޓްފޯމެއް ހެދުން