އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް އެމްޑީޕީ ނުދާނެ ކަމަށް އެ ޕާޓީގެ ކުރީގެ ރައީސް އަދި ދަ ޑިމޮކްރެޓްސްގެ ބާނީ, ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ކެމްޕޭނަށް ގއ. ދެއްވަދުއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ, އިންތިހާބުގައި އިލްޔާސްއާއި އޭނާގެ ރަނިން މޭޓް ހުސެއިން އަމްރު މިހާރުވެސް ތިއްބެވީ ދެވަނަ ބުރުގައި ކަމަށެވެ. އަދި އެމްޑީޕީ އިންތިހާބުގައި އެމްޑީޕީއަށް ލިބޭނީ 15 ޕަސެންޓާއެކު ތިންވަނަ ކަމަށް ވިދާޅުވިއެވެ.
"އެމްޑީޕީގެ މެންބަރުންގެ ގާތުގައި, ވަޒީފާތަކުގައި ތިބި ކުދިންގެ ގާތުގައި, ދެވަނަ ބުރުގައި އިލްޔާސް ލަބީބަށް ވޯޓު ދެއްވުމަށް އާދޭހާއެކު މި ދަންނަވަނީ. ރައީސް ސޯލިހު އަރިހުގައިވެސް އެބަ ދަންނަވަން. ރައީސްއޭ މި ފުރަތަމަ ބުރު ނިމޭއިރުގައި މަނިކުފާނަށް 15 ޕަސެންޓް ލިބިވަޑައިގަންނަވާ ތިންވަނައިގައި ހުރުން ވަރަށް އެކަށީގެންވޭ. އެހެން ނަމަވެސް އަޅުގަނޑުމެންނާ ވާހަކަދައްކަވަން ޖެހޭނެ އެ ދުވަހު. އިލްޔާސް ލަބީބަށް ވޯޓު ދެއްވުމަށް ރައީސް ސޯލިހު އެއްބަސްވެވަޑައިގަންނަވަން ޖެހޭނެ,” ނަޝީދު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ, ދެވަނަ ބުރުގައި އިލްޔާސްގެ ފަހަތަށް އެރުން ނޫން ގޮތަކަށް އެމްޑީޕީގެ މެންބަރުން އަމަލުކޮށްގެން ނުވާނެ ކަމަށާއި ދެވަނަ ބުރުގައި އެމްޑީޕީއާއި ޑިމޮކްރެޓުން އެކުގައި ތިބުން މުހިންމު ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު