މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކު އެ މަނިކުފާނުގެ ރަނިންމޭޓު، ރައްޔިތުން މަޖިލީހުގެ ހިތަދޫ ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް، ކެމްޕޭނަށް ދ. މީދުއަށް ވަޑައިގެންފިއެވެ.

އަސްލަމް، ރަނިންމޭޓަކަށް ރައީސް ސޯލިހު އައްޔަން ކުރެއްވީ މިދިޔަ ހަފުތާ ބަންދުގައެވެ.

ރައީސް މީދުއަށް ކުރައްވާ ދަތުރުފުޅުގައި އަރިހުގައި، މީދޫ ދާއިރާގެ މެމްބަރު، އެމްޑީއޭގެ ލީޑަރު މުހައްމަދު ސިޔާމުވެސް ވަނީ ދާއިރާއަށް ވަޑައިގެންފައެވެ.

ރައީސް ސޯލިހު މިރަށަށް ވަޑައިގަތުމުން ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ މަނިކުފާނަށް މަރުހަބާ ކިޔުމަށް ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ރައީސް، މި ރަށު ޖެޓީ ހުޅުވައިދެއްވާނެއެވެ. އެ ޖެޓީއަކީ ސިޔާމު ހަދައިދެއްވި ޖެޓީއެކެވެ.

ރައީސް ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިހާތަނަށް 45 ރަށަކަށް ވަޑައިގެންފައެވެ. ދ. އަތޮޅަށްފަހު ރައީސް ދެން ވަޑައިގަންނަވަނީ ގއ. އަތޮޅަށެވެ.