އަދާލަތު ޕާޓީގެ އިލްމުވެރިޔާ އިލްޔާސް ޖަމީލް، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)އަށް ސޮއިކުރައްވައިފިއެވެ.
އިލްޔާސް އަކީ އަދާލަތުގެ ޕާޓީގެ ސްލޮޓެއްގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.
އިލްޔާސް އެމްޑީއޭއަށް ސޮއިކުރެއްވީ އެ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ ދައުވަތަކަށެވެ.
ސިޔާމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީއޭގެ އިސްލާމިކް ކައުންސިލުގެ ހިދްމަތްތައް ފުޅާދާއިރާއެއްގައި ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށްޓަކައި ޕާޓީގެ ދީނީ ކައުންސިލާ ހަވާލުވެވަޑައިގަތުމަށް އޭނާގެ ދައުވަތަކަށް އިލްޔާސް އެމްޑީއޭއަށް ގުޅިވަޑައިގަތުމަކީ ޕާޓީގެ މެމްބަރުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
އެމްޑީއޭ އަދި އަލާދަތުން ވެސް ވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް އެމްޑީޕީއާއެކު ކޯލިޝަން ހަދައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު