ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާއި އިދިކޮޅު މައި ޕާޓީ ޕީޕީއެމް އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ދަފްތަރުގައި ތިބި މެންބަރުންގެ އަދަދު އިތުރުވި އިރު، އެހެން ޕާޓީތަކުން މެންބަރުން މަދުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ދަފުތަރުގައި މި ވަގުތު ނުވަ ސިޔާސީ ޕާޓީއެއް އޮތް އިރު، އީސީން އިއްޔެ ވަނީ މިދިޔަ މަހުގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ތިބި މެންބަރުންގެ އަދަދު އާއްމުކޮށްފައެވެ. ދަފްތަރުން އެނގޭ ގޮތުގައި ސިޔާސީ ޕާޓީތަކުގައި ޖުމުލަ 158،167 މެންބަރުން އެބަ ތިއްބެވެ.
އޭގެ ތެރެއިން ރާއްޖޭގައި އެންމެ މެންބަރުން ގިނަ ޕާޓީއަކީ އެމްޑީޕީއެވެ. އެ ޕާޓީގައި ޖުމުލަ 58،035 މެންބަރުން އެބަ ތިއްބެވެ. އެއީ މި އަހަރުގެ ފެބްރުއަރީ 21 ވަނަ ދުވަހާ ހަމައަށް އެ ޕާޓީގައި ތިބި މެންބަރުންގެ އަދަދަށްވުރެ 375 އިތުރު އަދަދެކެވެ.
އެމްޑީޕީގެ ދަފްތަރުގައި ތިބި މެންބަރުންގެ އަދަދު އިތުރުވި އިރު، އެ ޕާޓީގެ ކުރީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފައްދަވާ ދަ ޑިމޮކްރެޓްސްއަށް އެމްޑީޕީން ގިނަ އަދަދެއްގެ މެންބަރުން ވަނީ ގުޅިފައެވެ.
- އެމްޑީޕީ: 58،035 މެންބަރުން
- އަދާލަތު ޕާޓީ: 9،595 މެންބަރުން
- ޖުމްހޫރީ ޕާޓީ: 22،705 މެންބަރުން
- ޕީޕީއެމް: 38،831 މެންބަރުން
- އެމްޑީއޭ: 10،227 މެންބަރުން
- އެމްޓީޑީ: 30،14 މެންބަރުން
- ޕީއެންސީ: 3،139 މެންބަރުން
- އެމްއާރްއެމް: 2،892 މެންބަރުން
- އެމްއެންޕީ: 9،729 މެންބަރުން
- އެމްޑީޕީ: 57،660 މެންބަރުން
- އަދާލަތު ޕާޓީ: 9،786 މެންބަރުން
- ޖުމްހޫރީ ޕާޓީ: 22،607 މެންބަރުން
- ޕީޕީއެމް: 38،704 މެންބަރުން
- އެމްޑީއޭ: 10،386 މެންބަރުން
- އެމްޓީޑީ : 3،016 މެންބަރުން
- ޕީއެންސީ: 3،159 މެންބަރުން
- އެމްއާރްއެމް: 2،981 މެންބަރުން
- އެމްއެންޕީ: 9،838 މެންބަރުން
- އެމްޑީޕީ: 375 މެންބަރުން އިތުރު
- އަދާލަތު ޕާޓީ: 191 މެންބަރުން މަދު
- ޖުމްހޫރީ ޕާޓީ: 98 މެންބަރުން އިތުރު
- ޕީޕީއެމް: 127 މެންބަރުން އިތުރު
- އެމްޑީއޭ: 159 މެންބަރުން މަދު
- އެމްޓީޑީ: 2 މެންބަރުން މަދު
- ޕީއެންސީ: 20 މެންބަރުން މަދު
- އެމްއާރްއެމް: 89 މެންބަރުން މަދު
- އެމްއެންޕީ: 109 މެންބަރުން މަދު
ޚަބަރު
ޚަބަރު
ޚަބަރު