ސާފް ޗެމްޕިއަންޝިޕް 2023 ގެ ފައިނަލް މެޗުގައި އިންޑިއާއާއި ކުވައިތު ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!
މިއީ އިންޑިއާ އިން ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ކުޅޭ 12 ވަނަ ފަހަރު. އެންމެފަހުގެ ޗެމްޕިއަން އިންޑިއާއަށް ސާފްގެ ތާރީހުގައިވެސް ފައިނަލް ގެއްލުނީ 2003 ވަނަ އަހަރު އެކަނި. އެ ފަހަރު ރާއްޖެއާއި ބަންގްލަދޭޝް ފައިނަލުގައި ކުޅެ ތަށި ހޯދީ ބަންގްލަދޭޝް އިން. އަނެއްކޮޅުން ނުކުންނަ ކުވައިތަކީ މިފަހަރު ސާފްގައި އަލަށް ވާދަކުރާ ޓީމެއް. އެޓީމަކީ ދައުވަތު އެރުވިގެން މެދުއިރުމަތިން މުބާރާތަށް އައި ޓީމެއް.
- ކުވައިތާއި އިންޑިއާއަކީ މާ ގިނައިން މެޗުތައް ކުޅެފައިވާ ދެގައުމެއް ނޫން
- ސާފްގެ ކުރިން ދެގައުމުން ކުޅެފައި އޮތީ ތިން މެޗު
- އެއީ 1978 ވަނަ އަހަރު އޭޝިއަން ގޭމްސްގައި ކުޅުނު މެޗެއްގެ އިތުރުން އެކުވެރިކަމުގެ ދެމެޗެއް
- އޭޝިއަން ގޭމްސްގެ މެޗުގައި އިންޑިއާ ބަލިވީ 6-1 ގެ ނަތީޖާއަކުން
- 2004 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗުން އިންޑިއާ މޮޅުވި، އެއީ 3-2 ގެ ނަތީޖާއަކުން
- އޭގެ ފަހުން ސާފްގެ ކުރިން ދެގައުމު ކުޅުނީ 2010 ވަނަ އަހަރު، އެ މެޗު ކުވައިތުން ކާމިޔާބުކުރީ 9-1 އިން
- މިފަހަރު ސާފް ޗެމްޕިއަންޝިޕްގައި ދެގައުމުން ކުޅުނު މެޗު ވީ 1-1 އިން އެއްވަރު
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް އިންޑިއާގެ ޗެތުރީއަށް އެތައް ގޮތަކުން ހާއްސަ. މިއީ އޭނާގެ ފަހު މުބާރާތް ކަމަށް އަދި ބުނަން ނޭނގުނު ނަމަވެސް، ޗެތުރީއަށް މިހާ ބޮޑަށް ލޯބި ދިން މުބާރާތެއް މަދުވާނެއ. އެއީ ބެންގަލޫރުގައި މުބާރާތް ހޯސްޓް ކުރާތީ. ޗެތުރީގެ ކްލަބު ކެރިއަރުގެ ބޮޑުބައެއް ބެންގަލޫރު އެފްސީގައި ހޭދަކުރަމުން އަންނަ އިރު، މި ސިޓީން އޭނާއަށް ދެނީ ހާއްސަ ލޯތްބެތް. ބެންގަލޫރުގެ ސަޕޯޓަރުންގެ ހިތްވަރާ އެކު މިހާތަނަށް މި މުބާރާތުގައި ޗެތުރީ ފަސް ގޯލު ޖަހާފައިވާ އިރު، އޭނާ ވަނީ ސާފް ޗެމްޕިއަންޝިޕްގައި ޖުމުލަ 23 ގޯލު ޖަހައިފައި.
އެއީ ރާއްޖޭގެ ލެޖެންޑް އަލީ އަޝްފާގު (ދަގަނޑޭ) ސާފްގައި ހަދާފައިވާ ގޯލު ޖެހުމުގެ ރެކޯޑުގެވެސް އަދަދެއް. މިހާރު ސާފް ޗެމްޕިއަންޝިޕްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓްގެ އެއްވަނައިގައި ޗެތުރީއާއި އަޝްފާގު އޮތީ ހަމަހަމަވެފައި. އެހެންކަމުން މިރޭގެ ފައިނަލުގައި ގޯލެއް ޖެހިއްޖެ ނަމަ، ޗެތުރީ ވެގެންދާނީ ސާފްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށް. އެކަމަށް ނުވިސްނާ ކަމަށް ޗެތުރީ ބުނި ނަމަވެސް، ރަނގަޅު ނަތީޖާ އާއެކު ތަށި ނެގިއްޖެ ނަމަ، ޗެތުރީގެ ގޯލެއް ވެގެންދާނީ ބޯނަސްއަކަށް.
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023