ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ބަންގްލަދޭޝްއާއި ކުވައިތު ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިއަދުގެ މެޗަށް ބަންގްލަދޭޝްއިން ނުކުންނަނީ ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައި. އެޓީމުން ސެމީއަށް އައީ ރާއްޖެއާއި ބޫޓާން ބަލިކޮށްފައި. ރާއްޖެ ބަންގްލްދޭޝް ކައިރިން 3-1 އިން ބަލިވެފައިވާ އިރު، ބޫޓާން ކައިރިން ބަންގްލަދޭޝް މޮޅުވީވެސް 3-1 ގެ ނަތީޖާއަކުން. އަނެއްކޮޅުން ނުކުންނަ ކުވައިތަކީ ގްރޫޕް އޭގެ އެއްވަނަ ޓީމު. އެޓީމުން ވަނީ އިންޑިއާއާ 1-1 އިން އެއްވަރުކޮށް، 4-0 އިން ޕާކިސްތާން ބަލިކޮށްފައި. އަދި އަނެއް މެޗުގައި ނޭޕާލް ބަލިކުރީ 3-1 ގެ ނަތީޖާއަކުން.

މިފަހަރު ބަންގްލަދޭޝްއިން ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ކުޅެމުން މިދަނީ 14 އަހަރަށްފަހު. މީގެ ކުރިން އެޓީމުން ފައިނަލަށް ދިޔައީ މީގެ 18 އަހަރު ކުރިން. އެފަހަރު ފައިނަލުގައި އިންޑިއާ އަތުން 2-0 އިން ބަލިވެ ތަށި ގެއްލުނީ.