ސާފް ޗެމްޕިއަންޝިޕް 2023ގެ ފަސްވަނަ މެޗުގައި ޕާކިސްތާނާއި ކުވައިތު ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!
ޕާކިސްތާނާއި ކުވައިތު ވާދަކުރާ އިރު، މިއަދުގެ މެޗަށް ޕާކިސްތާން ނުކުންނަނީ ފުރަތަމަ މެޗުގައި އިންޑިއާ ކައިރިން 4-0 އިން ބަލިވެފައި އޮވެގެން. ކުވައިތުން ވަނީ ފުރަތަމަ ކުޅުނު މެޗުގައި 3-1 އިން ނޭޕާލް ބަލިކޮށްފައި. މި ގްރޫޕްގައި ދެން އޮތީ އިންޑިއާއާއި ނޭޕާލް. އެހެންކަމުން މިއަދުގެ މެޗު ދެ ޓީމަށްވެސް މުހިއްމު.
- ޕާކިސްތާން - ޝެހެޒާދު އަންވަރު
ޝަހްޒާދް އަންވަރުގެ ކޯޗިން ކެރިއަރު ފެށިގެންދިޔައީ 1997 ވަނަ އަހަރު. އެއަށްފަހު ރަސްމީކޮށް ޓީމެއްގެ ކޯޗެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް އަންވަރު ފެނިގެންދިޔައީ ވެސް ޕާކިސްތާން ގައުމީ ޓީމުން. ނަމަވެސް 2018 ވަނަ އަހަރު އޭނާ ފެނިގެންދިޔައީ ވަގުތީ ކޯޗެއްގެ ގޮތުގައި.
އެއަށްފަހު އަނެއްކާވެސް 2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަޝިޕަށް ވަގުތީ ކޯޗެއްގެ ގޮތުގައި އަންވަރު ހަމަޖެއްސި. ނަމަވެސް އެ މުބާރާތުގެ ގްރޫޕު ސްޓޭޖުގައި ޕާކިސްތާން މޮޅުވީ އެންމެ މެޗަކުން. އެއަށްފަހު 2015 ވަނަ އަހަރު ޕާކިސްތާން ފުޓްބޯޅަ ފެޑެރޭޝަނުގެ ޓެކްނިކަލް ޑިރެކްޓަރަކަށް އަންވަރު ހަމަޖެއްސި ނަމަވެސް، އޭނާ އިސްކަންދީފައިވަނީ އޭއެފްސީ ޕްރޯ ލައިންސަސް ކޯޗިން ލައިސަންސް ހޯދުމުގެ މަސައްކަތަށް.
އަންވަރަކީ އޭއެފްސީ ޕްރޯ ލައިސަންސް ހޯދި ޕާކިސްތާނުގެ ފުރަތަމަ ކޯޗެވެ. އޭނާ ފުރަތަމަ ފަހަރަށް ޕާކިސްތާން ގައުމީ ޓީމުގެ ދާއިމީ ކޯޗަކަށް ހަމަޖައްސާފައިވަނީ 2021 ވަނަ އަހަރު. އޭނާ އެ މަގާމާ ހަވާލުވުމަށްފަހު ޕާކިސްތާނުން ނުކުންނަ ފުރަތަމަ މުބާރާތަކަށް ވެގެންދާނީ މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް.
- ރުއި ބެންޓޯ - ކުވައިތު
ކުވެއިތު ގައުމީ ޓީމަށް އިރުޝާދުދެނީ ކުޅުންތެރިއެއްގެ ގޮތުގައި ބެންފީކާ އާއި ސްޕޯޓިންއާއެކު ޕޯޗުގަލް ލީގުން 1991 އިން 2004 އަށް ފެނުނު ރުއި ބެންޓޯ. އުމުރުން 51 އަހަރުގެ ބެންޓޯ ކުވެއިތު ގައުމީ ޓީމާ ހަވާލުވީ 2022 ވަނަ އަހަރުގެ ތެރޭގައި. ސީނިއާ ޓީމުގެ އިތުރުން ކުވެއިތުގެ 23 އަހަރުން ދަށުގެ ޓީމަށް ވެސް އިރުޝާދު ދެނީ ބެންޓޯ.
ޕޯޗުގަލް ގައުމީ ޓީމަށް ހަ މެޗު ކުޅެފައިވާ ބެންޓޯ، 2004 ވަނަ އަހަރު ކުޅުން ހުއްޓާލުމަށްފަހު އޭނާގެ ކޯޗިން ކެރިއަރު ފެށި. ކުވެއިތާ ހަވާލުވުމުގެ ކުރިން ބެންޓޯ ވަނީ ޕޯޗުގަލްގެ ޒުވާން ގައުމީ ޓީމުތަކަށް އިރުޝާދުދީފައި. ނަމަވެސް ކޯޗިން ކެރިއަރުގައި އޭނާއަށް ކާމިޔާބީއެއް ހޯދިފައެއް ނުވޭ.
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023