ސާފް ޗެމްޕިއަންޝިޕް 2023 ގެ ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝްއާއި ލުބުނާން ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

މި ގްރޫޕްގައި ބަންގްލަދޭޝް އާއި ލުބުނާންގެ އިތުރުން ދެން ވާދަކުރަނީ ބޫޓާނާއި ރާއްޖެ. މިރޭ ރާއްޖެއިން ބޫޓާނާ ދެކޮޅަށް ނުކުންނަ އިރު، ލުބުނާނަކީ ސާފް ޗެމްޕިއަންޝިޕްގައި މުޅިން އަލަށް ވާދަކުރާ ޓީމެއް.

  • ބަންގްލަދޭޝްއާއި ލުބުނާން މީގެ ކުރިން ކުޅެފައި ވަނީ އެންމެ ދެ މެޗު
  • އެއީ 2011 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ކުޅުނު ދެ މެޗު
  • އޭގެ ތެރެއިން އަމިއްލަ ގައުމުގައި ކުޅުނު މެޗުގައި ބަންގްލަދޭޝްއިން ލުބުނާން ބަލިކުރީ 2-0 އިން
  • އަދި ލުބުނާންގައި ބަންގްލަދޭޝް ބަލިވީ 4-0 އިން