ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކުޑަ ދަށުގައި ރައްޔިތުންގެ މަޖިލިސް ރައީސްއާ މަޝްވަރާ ކުރެއްވުމަށްފަހު އިދިކޮޅު ޕީޕީއެމް ޕީއެންސީގެ މަޖިލިސް މެންބަރުން މާދަމާ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ވަންނަވަން ނިންމަވައިފިއެވެ.
ކުޑަ ދަށުގައި މަޖިލިސް ރައީސްއާ މަޝްވަރާކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި، ޕީއެންސީގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ، "އަޅުގަނޑުމެން މާދަމާ ތަޅުމަށް ވަންނާނަން، މިތާ ސެކްރެޓަރީ ޖެނެރަލަށްވެސް ދަންނަވާފައިވާނެ ތަޅު އަޅުވާފައި ހުއްޓަސް އަޅުގަނޑުމެން އިދިކޮޅު ޕާޓީން ގަސްތު ކުރަނީ މަޖިލިސް ތަޅުމަށް ވަންނަން ކަމަށް، އެހެންވީމާ މަޖިލިސް ތަޅުލައިފައެއް ނުބެހެއްޓޭނެ،" ކަމަށެވެ.
މަޖިލިސް ހުއްޓިފައިވާ ކަމުގެ ތުހުމަތު ރައީސުލްޖުމްހޫރިްޔާ އިބްރާހިމް މުހައްމަދު ކުރައްވައި، ސައީދު ވިދާޅުވީ، މަޖިލިސް ތަޅުލާފައި ބަހައްޓައިގެން އެމަނިކުފާނު ކުރައްވާ މަސައްކަތަކީ ޖުޑީޝަރީ ކޮމިޓީ ހުއްޓުވައިގެން ޖޭއެސްސީއަށް ނުފޫޒު ފޯރުވައި، ރައީސް ޔާމިން ޖަލުގައި ބާއްވައިގެން އިންތިހާބު ކާމިޔާބު ކުރެއްވުން ކަމަށެވެ.
މި ނިއުސްކޮންފަރެންސްގައި ވާހަކަ ދަައްކަވަމުން ޕީޕީއެމްގެ ޕީޖީ ލީޑަރު އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ، މާދަމާ މަޖިލިސް ތަޅުމަށް ވަޑައިގެން ކުރައްވާނެ ކަމަކީ މަޖިލިސް ހުއްޓުމަށް ދިމާވެފައިވާ ކަންކަމާބެހޭ މައުލޫމާތު ރައްޔިތުންނަށް އޮޅުން ފިލުއްވައިދެއްވުން ކަމަށެވެ.
ކުޑަދަަށުގައި މަޖިލިސް ރައީސްއާ ކުރެއްވި މަޝްވަރާތަކާ ގުޅިގެން ސަލީމް ވިދާޅުވީ، އެމަނިކުފާނާ ބައްދަލު ކުރެއްވީ ނޫން ކަމަށާއި އެތަނުން މަޖިލިސް ރައީސްއާ ދިމާވީ ކަމަށެވެ. އަދި މަޖިލިސް ހުއްޓިފައި އޮތުމުން އެމަނިކުފާނު ހުންނެވީ ވަރަށް ދެރަފުޅުވެ ލަދުގެންފައި ކަމަށްވެސް ވިދާޅުވިއެވެ. އަދި މަޖިލިސް ކުރިއަށްދާނެ ގޮތެއް ހައްދަވައިދެއްވުމަށް އެ ބޭފުޅުންގެ ކިބައިން މަޖިލިސް ރައީސް އެދިވަޑައިގެންނެވި ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު