ތ. ގާދިއްފުއްޓާއި ކ. ހުރާ އަދި ސ. ފޭދޫ ބަނދަރު ހެދުމަށާއި ކ. ދިއްފުށީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.
ގާދިއްފުށި ބަނދަރު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 79.43 މިލިއަން ރުފިޔާއަށް 580 ދުވަހުން ނިންމާ ގޮތަށެވެ.
ގާދިއްފުށި ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތައް:
- 47,243 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބާ ބޭސިން ފުންކުރުން
- 12,335 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުން
- 154 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން
- 227 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން
- 267 މީޓަރުގެ ވެލި ބަރުކޮށްފައިވާ ބޭރު ރިވެޓްމެންޓެއް ޖެހުން
- 22 މީޓަރުގެ ވެލި ބަރުކޮށްފައިވާ އެތެރޭ ރިވެޓްމެންޓެއް ޖެހުން
- 204 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުން
- 570 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން
- މޫރިން ބޯއީސް ހަރުކުރުން
- 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުން
- 20 މީޓަރު ދިގު ތިން މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުން
- ބަނދަރު ބައްތި ހަރުކުރުން
- 1،365 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން
- 323 މީޓަރުގެ ކާބް ހަރުކުރުން
ފޭދޫގެ ބަނދަރާއި ހުރާ ބަނދަރުގެ މަސައްކަތް ހަވާލުކުރީ ކޮންމެ ޕްރޮޖެކްޓެއް 62.78 މިލިއަން ރުފިޔާއަށް 540 ދުވަހުން ނިންމާ ގޮތަށެވެ.
ފޭދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތައް:
- 75,398 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބާ ބޭސިން ފުންކުރުން
- 5،320 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުން
- 20 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން
- 157 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
- 501 މީޓަރުގެ ވެލި ބަރުކޮށްފައިވާ ބޭރު ރިވެޓްމެންޓެއް ޖެހުން
- 86 މީޓަރުގެ ވެލި ބަރުކޮށްފައިވާ އެތެރޭ ރިވެޓްމެންޓެއް ޖެހުން
- 445 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން
- މޫރިން ބޯއީސް ހަރުކުރުން
- 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުން
- 18 މީޓަރު ދިގު ދެ މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުން
- ބަނދަރު ބައްތި ހަރުކުރުން
- 2،040 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން
- 413 މީޓަރުގެ ކާބް ހަރުކުރުން
ހުރާ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ކުރަން ހަމަޖެހިފައިވާ މަސައްކަތްތައް:
- 26,453 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުން
- 40,111 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބާ ބޭސިން ފުންކުރުން
- 5،445 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުން
- 86 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން
- 210 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން
- 317 މީޓަރުގެ ބޭރު ރިވެޓްމެންޓްގައި ވެލިބަރުކޮށްފައިވާ ބޭރުތޮއްޓެއް ލުން
- 370 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން
- މޫރިންގް ބޯއީސް ހަރުކުރުން
- 105 މީޓަރު ދިގު ހަތަރު މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުން
- 20 މީޓަރު ދިގު ހަ މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުން
- ބަނދަރު ބައްތި ހަރުކުރުން
- 1،795 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން
- 376 މީޓަރުގެ ކާބް ހަރުކުރުން
ދިއްފުށި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް:
- 22.97 ހެކްޓަރުގެ ބިން ހިއްކުން
- 710 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
- 670 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން
- މިހާރު ހުރި ގްރޮއިންގެ 270 މީޓަރު މަރާމާތުކުރުން
- މިހާރު ހުރި ރިވެޓްމެންޓްގެ 300 މީޓަރު މަރާމާތުކުރުން
ދިއްފުށި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 157.33 ރުފިޔާއަށް 450 ދުވަހުން ނިންމާ ގޮތަށް ކަމަށެވެ.