ސްޕެއިންގެ އުފެއްދުމެއް ކަމަށްވާ އަދި ދުނިޔޭގެ އެންމެ ބޮޑު އޮލިވް އޮއިލް ބްރޭންޑުތަކުގެ ތެރޭގައި ހިމެނޭ މަޝްހޫރު ބްރޭންޑެއް ސޯސަން ފިހާރައިން ރާއްޖޭގެ ބާޒާރަށް އަލުން ތައާރަފުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މީގެ ކުރިން ދިވެހިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މި އޮލިވް އޮއިލް ބްރޭންޑު އަލުން ރާއްޖެއަށް ތައާރަފުކުރުމަށް ސޯސަން ފިހާރައިން އެންމެ ފަހުގެ ތައްޔާރީތައްވަމުން އަންނައިރު، އެ ފިހާރައިން މައުލޫމާތު ދޭ ގޮތުގައި ވަރަށް އަވަހަށް އެ ބްރޭންޑް ރާއްޖޭގެ މާކެޓަށް ނެރޭނެއެވެ.
މިކަމުގެ ސަބަބުން ދިވެހި ކަސްޓަމަރުންނަށް އަނެއްކާވެސް މަތީ ފެންވަރުގެ މި އުފެއްދުން ފަސޭހަކަމާއެކު ގަތުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. ޒަމާނުއްސުރެ ރާއްޖޭގައި މި ބްރޭންޑުގެ އޮލިވް އޮއިލް ބޭނުންކުރަމުން އައި ކަސްޓަމަރުންގެ މެދުގައި މި އުފެއްދުމަށް އޮތް އިތުބާރާއި ޝައުގުވެރިކަން ވަރަށް ބޮޑުކަން ފާހަގަކުރެވިފައިވެއެވެ.
ސްޕެއިންގެ މި ބްރޭންޑަކީ ދުނިޔޭގެ އެންމެ ބޮޑު އޮލިވް އޮއިލް އުފައްދާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ، ބައިނަލްއަގުވާމީ ފެންވަރުގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ އެއް ކުންފުނީގެ ބްރޭންޑެކެވެ. އެތައް ގައުމެއްގައި މި އުފެއްދުންތައް ބޭނުންކުރަމުން އަންނައިރު، އޭގެ ފެންވަރާއި މީރުކަމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކޮށްލެވޭ ސިފަތަކެކެވެ. މި ކުންފުނީގެ އުފެއްދުންތަކަކީ ޒަމާނީ ޓެކްނޮލޮޖީއާއި ދަނޑުވެރިކަމުގެ އާދަކާދަތައް އެކުލެވިގެން އުފައްދާފައިވާ މަތީ ފެންވަރުގެ އުފެއްދުންތަކެއްކަން ޔަގީންކުރެވެއެވެ.
ސޯސަން ފިހާރައިން މި އުފެއްދުން ރާއްޖޭގެ ބާޒާރަށް އަލުން ނެރުމާއެކު، އާންމުކޮށް ކާބޯތަކެތީގެ ވިޔަފާރީގައި މި ބްރޭންޑުގެ ހިއްސާ އިތުރުވެގެން ދާނެއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މި ބްރޭންޑުގެ އޮލިވް އޮއިލްގެ އެކި ވައްތަރުތައް ސޯސަން ފިހާރައިން ލިބެން ހުންނާނެ ކަމަށް އެ ފިހާރައިން މައުލޫމާތުދެއެވެ.
ކަސްޓަމަރުންނަށް އޮތީ އުފާވެރިކަމެވެ. ގިނަ ދުވަހެއް ނެތެވެ. ދިގު އިންތިޒާރެއް ނެތެވެ. ބްރޭންޑުވެސް އަދި އެއީ ސިއްރެކެވެ. ވަރަށް އަވަހަށް އެނގިގެންދާނެ އެވެ.
އަލީ ޔާމިން


ސޯސަން ފިހާރަ
ސޯސަން ފިހާރަ
ސޯސަން ފިހާރަ
ސޯސަން ފިހާރަ
ކޮމެންޓް