މާލޭގެ ގެއަކަށް ވަދެ މީހަކަށް ތޫނު އެއްޗަކުން ބިރު ދައްކައި، މާރާމާރީ ހިންގައި، މުދަލަށް ގެއްލުން ދިން މައްސަލައެއްގައި ހައްޔަރުކުރި ރ. މަޑުއްވަރީ/ ދެތަނޑިމާގެ, އިބްރާހިމް ސަމީން (34އ) އަށް ޖިންސީ ގޯނާގެ ތުހުމަތު ކުރާކަންވެސް އެނގިއްޖެއެވެ.
އޭނާ ހޯދަން ފުލުހުން އަންގާރަ ދުވަހު ފޮޓޯއާއި ވަނަވަރު އާންމުކުރީ މި މަހުގެ ދެވަނަ ދުވަހުގެ ވަގުތެއްގައި ގުރޫޕް ހަދައިގެން މާލޭ ގެ އެއްގެ އެޕާޓްމަންޓަކަށް ވަދެ އެ ތަނުގައި ދިރިއުޅެމުންދާ މީހަކަށް ތޫނު އެއްޗަކުން ބިރު ދައްކައި، ހަމަލާދީ، މާރާމާރީ ހިންގުމަށްފަހު އެ އެޕާޓްމަންޓުގައި ހުރި މުދަލަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރުމަށެވެ.
ނަމަވެސް އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި އޭނާ ވަނީ އަމިއްލައަށް ފުލުހުންނާ ހަވާލުވެފައެވެ.
ސަމީންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ 15 ދުވަސް ދީފައެވެ.
ކޯޓު އަމުރުގައިވާ ގޮތުގައި، ސަމީންގެ މައްޗަށް ތުހުމަތު ކުރަނީ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމާއި ބިރުދައްކައި، މުދަލަށް ގެއްލުން ދިނުމުގެ އިތުރުން ޖިންސީ ގޯނާ ކުރުމުގެ ތުހުމަތެވެ.
ޚަބަރު
ޚަބަރު
ޚަބަރު