އެއްބަސްވުން އާކުރުމަށް ދެކެވޭ ވާހަކަތައް ފެއިލްވެފައިވާ ކަމަށް ނޫސްވެރިޔަކު ރިޕޯޓުކުރުމުން މެންޗެސްޓާ ޔުނައިޓެޑްގެ އިންގްލެންޑް ފޯވަޑް މާކަސް ރަޝްފޯޑު އެކަމަށް ޖަވާބުދާރީވެއްޖެއެވެ.
އިނގިރޭސި ނޫހެއް ކަމަށްވާ ޑެއިލީ ސްޓާގެ ޗީފް ސްޕޯޓްސް ޖާނަލިސްޓް ޖެރެމީ ކްރޮސް ރިޕޯޓުކޮށްފައިވާ ގޮތުގައި ރަޝްފޯޑާއި ޔުނައިޓެޑާ ދެމެދު އެއްބަސްވުން އާކުރުމަށް ދެކެވޭ ވާހަކަތައް ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެގޮތުން އޭނާ ރިޕޯޓުކުރީ ޔުނައިޓެޑް ވިއްކާލަން މަސައްކަތްކުރާ މި ހާލަތާ ރަޝްފޯޑުގެ އެއްބަސްވުން އާކުރުމާ ދިމާވެފައިވާތީ، އެވާހަކަތައް މިހާރު ކުރިއަށް ނުދާ ކަމަށެވެ. އަދި ޔުނައިޓެޑްގައި ހެދިފައިވާ މުސާރައިގެ އުސޫލުން ބޭރުން ރަޝްފޯޑު ޑިމާންޑް ކޮށްފައިވާ ކަމަށްވެސް ކްރޮސް ބުންޏެވެ.
ކްރޮސް އިތުރަށް ރިޕޯޓުކުރީ ރަޝްފޯޑު ބޭނުންވަނީ ޔުނައިޓެޑްގެ އެންމެ ބޮޑު މުސާރަ ކަމަށްވާ ހަފުތާއަކު ތިން ލައްކަ ޕައުންޑަށްވުރެ އިތުރު އަދަދެއް ކަމަށާއި، އެކަމަށް ޔުނައިޓެޑުން އާނބަސް ބުނާނެ ކަމަށް ނުބެލެވޭ ކަމަށެވެ. ރަޝްފޯޑު ޔުނައިޓެޑާއެކު ހަދާފައިވާ އެއްބަސްވުން 2024 އަށް ހަމަވާ އިރު، އަންނަ ސީޒަނުގެ ނިޔަލަށް ޔުނައިޓެޑްގައި މަޑުކުރާ ނަމަ، އާ އެއްބަސްވުމެއްގައި ސޮއިކުރަން ވަނީ ވަގުތު ކުޑަތަންވެސް ވެފައެވެ.
އެއްބަސްވުން އާކުރުމާ ގުޅޭގޮތުން ކްރޮސް ރިޕޯޓުކުރި ވާހަކަތަކަށް ރައްދުދެމުން ރަޝްފޯޑު ބުނީ، ފޯމަކަށް އެޅި ރަނގަޅަށް ކުޅެން ފެށިތަނާ މީޑިއާއިން ދައްކަމުންދަނީ ހަގީގަތެއް ނެތް ދޮގު ވާހަކަ ކަމަށެވެ. ޔުނައިޓެޑާ ދެމެދު އަބަދުވެސް އިހުތިރާމާއެކު ވާހަކަތައް ދެކެވެމުންދާ ކަމަށާއި، މިވަގުތަކީ އެއްބަސްވުމުގެ ވާހަކަތައް މީޑިއާއިން ރިޕޯޓުކުރަން އެންމެ އެކަށޭނެ ވަގުތު ނޫން ކަމަށްވެސް ރަޝްފޯޑު ބުންޏެވެ. ރަޝްފޯޑު ބުނީ މިހާރު ފޯކަސް ހުރީ ސީޒަން އިތުރު ތަށްޓަކާއެކު ނިންމާލުމަށް ކަމަށާއި، އެކަމުން ފޯކަސް ގެއްލުވާ ނުލާނެ ކަމަށެވެ.
ރަޝްފޯޑުގެ ދަށް ދެ ސީޒަނެއް ދިޔަ ނަމަވެސް، މިހާރު ހުރީ ރަނގަޅު ފޯމެއްގައެވެ. މި ސީޒަނުގެ މިހާތަނަށް ރަޝްފޯޑު ވަނީ ޔުނައިޓެޑަށް 27 ގޯލު ޖަހައިދީފައެވެ. މިއީ ޔުނައިޓެޑް ޖާޒީގައި އޭނާ ފެނިގެންދާ އެންމެ ފޯމު ރަނގަޅު ސީޒަންވެސް މެއެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް