ހިޔާ ޓަވަރުތަކުގެ ވަޒީފާއަށް 136 މީހުން ހޯދަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާން ކޮށްފިއެވެ.
އެޗްޑީސީން މިއަދުކުރި ޓުވީޓެއްގައި ބުނީ ހިޔާ ފުލެޓުގެ ވަޒީފާތަކަށް 88 ސެކިއުރެޓީ އެސިސްޓެންޓުންނާއި 48 ސަޕޯޓް ސްޓާފުން ބޭނުންވާ ކަމަށެވެ. އެ ވަޒީފާތަކުގެ މުސާރައަކީ 10،500 ރުފިޔާ ކަމަށް އެޗްޑީސީން ބުންޏެވެ.
އެ ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 10 ވަނަ ދުވަހު އޯޕެން ޑޭ އެއް ބާއްވާނެ ކަމަށާއި އޯޕަން ޑޭ ބާއްވަނީ ފޭސް ދޭއްގެ ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގައި އެ ދުވަހުގެ ހަވީރު 4:00 އިން 18:00 އަދި 20:00 އިން 22:00 އަށް ކަމަށް އެޗްޑީސީން ބުންޏެވެ.
އޯޕެން ޑޭ އަށް އަންނަ އިރު އައިޑީ ކާޑު، ތައުލީމީ ސެޓްފިކެޓް، އެކްޕީރިއަންސް ލެޓާ އަދި ސީވީ ގެންނައުމަށް އެޗްޑީސީން ވަނީ އެދިފައެވެ.
ހިޔާ ސަރަހައްދަކީ ހިތް ފަސޭހަ އަދި ރައްކާތެރި މާހައުލަކަށް ހެދުމަކީ އެޗްޑީސީގެ އަމާޒުކަމަށް އެ ކުންފުނިން ބުންޏެވެ. އެކަން ކުރުމުގައި އެ ސަރަހައްދާއި ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ހިޔާލާއި މަޝްވަރާތައް އަބަދުވެސް ހޯދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު