މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ކުރިއަށްދާނެ ގޮތެއް ކަނޑައެޅުމަށް ބާއްވާ އެ ޕާޓީގެ ގައުމީ ކޮންފަރެންސް ހޫނުވެ، އެތެރޭގެ އިންތިހާބުތައް މާދަމާއަށް ފަސްކޮށްފިއެވެ.
ދަރުބާރުގޭގައި މިއަދު ފެށި ޖެޕީގެ ކޮންފަރެންސްގެ ހަވީރުގެ ދަންފަޅީގައި އެ ޕާޓީގެ މަގާމުތަކަށް ވާދަކުރާ ފަރާތްތަކުގެ ފޮޓޯ، ވޯޓް ކަރުދާހުގައި ނެތުމުން ބައެއް މެމްބަރުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކޮންފަރެންސް ހޫނުވެ ބައިވެރިން އަޑުގަދަ ކުރި އިރު، އެތަނުގައި ޖޭޕީގެ ލީޑަރު، ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްވެސް އިންނެވިއެވެ.
ވޯޓު ކަރުދާހުގައި ފޮޓޯ ނެތުމުން ބައިވެރިވިން ވަނީ އަޑުގަދަކޮށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ކޮންފަރެންސްގެ ބައިވެރިން ވަނީ ޖޭޕީގެ ލީޑާޝިޕުގައި ތިބި ކުރީގެ ޕީޕީއެމް މެމްބަރުންނާމެދު ވެސް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
އެތެރޭގެ އިންތިހާބުތަކަށް މީހުން އައްޔަން ކުރަން ވޯޓްލުން ތާވަލުކޮށްފައި ވަނީ މިރެއަށެވެ. ނަމަވެސް މެމްބަރުންގެ ކަންބޮޑުވުންތައް ހުރުމުގެ ސަބަބުން ވޯޓުލުން ވަނީ މާދާމާ ހެނދުނަށް ފަސްކޮށްފައެވެ.
ކޮންފަރެންސްގައި އިންތިހާބު ކުރާ 25 މަގާމަށް 64 ބޭފުޅުން ވާދަކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު