މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ކުރިއަށްދާނެ ގޮތެއް ކަނޑައެޅުމަށް ބާއްވާ އެ ޕާޓީގެ ގައުމީ ކޮންފަރެންސް ފަށައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ކޮންފަރެންސް ފައްޓަވައިދެއްވީ އެ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމެވެ. ކޮންފަރެންސްގައި ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ރައީސް ފާރިސް މައުމޫންގެ އިތުރުން ޖުމްހޫރީ ޕާޓީގެ މިނިސްޓަރުންނާއި ސަރުކާރުގެ އިސް ވެރިންނާއި

ދަރުބާރުގޭގައި މިއަދު މެންދުރުފަހު ފެށި ޖުމްހޫރީ ޕާޓީގެ އެ ކޮންފަރެންސްގައި 1،000 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.

އެ ކޮންފަރެންސްގައި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ކެންޑިޑޭޓެއް ނެރުމާ ގުޅޭގޮތުން ގޮތެއް ނިންމާނެއެވެ. އަދި ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދަށް ހުށަހަޅާ އިސްލާހު ފާސްކުރުމާއި ރިޔާސީ އިންތިހާބު ކޮމިޓީއަށް މީހުން އިންތިހާބު ކުރުންވެސް ހިމެނެއެވެ.

މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމާ ވެސް ގާސިމް ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނެއެވެ. އަދި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަގާމަށް ފަސް ބޭފުޅަކު އިންތިހާބު ކުރައްވާނެއެވެ. އެ މަގާމަށް ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާއެކު 12 ބޭފުޅަކު ވަނީ ކުރިމަތިލައްވައިފައެވެ.

ދެ ދުވަހަށް ކުރިއަށް ގެންދާ އެ ކޮންފަރެންސްގައި ޖޭޕީގެ އެހެނިހެން މަގާމުތަކަށްވެސް މީހުން އިންތިހާބުކުރާނެއެވެ.