އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ނިންމުމުގެ ޖަލްސާއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.
ރައީސް އައްޑުއަށް ވަޑައިގެންނެވީ މިރެއެވެ. ރައީސާއެކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ހެލްތު މިނިސްޓަރު އަހްމަދު ނަސީމް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި ރައްޔިތުން މަޖިލީހުގައި އައްޑޫގެ ދާއިރާ ތަމްސީލުކުރައްވާ މެމްބަރުންނާއި އެ މަނިކުފާނަށް ތާއިދުކުރައްވާ ބައެއް މަޖިލިސް މެމްބަރުން ވަޑައިގެންނެވިއެވެ.
ރައީސްގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ރަސްމީކޮށް ފަށާފައިވަނީ މިދިޔަ މަހު، އެމްޑީޕީގެ މައި ހަރުގެއިންނެވެ. އެމަނިކުފާނު ކެމްޕޭނުގެ ސްލޯގަންއަކީ ""ކުރިއަށް އިބޫ 2023" އެވެ. އެ މަނިކުފާނު ވަނީ ކެމްޕޭނަށް، ރ. އަތޮޅު، ނ. އަތޮޅު. ށ. އަތޮޅު. ހދ. އަތޮޅު. ފުވައްމުލަކު ސިޓީ، ހއ. އަތޮޅުގެ އިތުރުވެސް އެހެން ބައެއް އަތޮޅުތަކަށް ވެސް ވަޑައިގެންފައެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވަނީ އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުން ބާއްވާނީ އަންނަ ހޮނިހިރު ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު