ގެސްޓްހައުސްގެ ވިޔަފާރި ރަށްރަށުގައި ފެށުނީ 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ފުރަތަމަ ވެރިކަމުގެ ކުރިން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ކ. ގުރައިދުއަށް މިއަދު ވަޑައިގެން އެ ރަށުގައި ތިބި އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، ޓޫރިޒަމްގައި ރާއްޖެ މިއަދު މި ދެކޭ ބޮޑު ބަދަލު އައީ މީގެ 10 ވަރަކަށް އަހަރު ކުރިން ކަމަށެވެ. އަދި ގެސްޓްހައުސްގެ ވިޔަފާރީގެ ވާހަކަ ދައްކާއިރު، އެކަމުގެ ހަގީގަތަށް ގޮސް، އެ ފުރުސަތު ހޯދައިދިނީ ކޮން އިރަކު، ކޮން ބައެއްތޯ ވިސްނަންޖެހޭ ކަމަށް ވިދާޅުވިއެވެ.
އެގޮތުން އެންމެ ކުރިން ކަން އޮތް ގޮތަކީ މާލެ ނޫން އެހެން ރަށެއްގައި ގެސްޓުހައުސް ނުހެދޭ ގޮތަށް ކަމަށާއި އެކަން ބަދަލުކުރީ އެމްޑީޕީގެ ފުރަތަމަ ވެރިކަން އައުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ތެެރެއިން ކަމަށް ރައީސް ވިދާޅުވިއެވެ.
"ކުރިން ސަރުކާރުން (ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި) އެ ނިންމާފައި އެ އޮތް ނިންމުން ބަދަލުކުރީ އެމްޑީޕީގެ ފުރަތަމަ ވެރިކަން އައުމުގެ ކުރިން މަޖިލިސް ތެރެއިން. ސަރުކާރަށް ލާޒިމުކުރާ ގަރާރެއް މަޖިލީހުން ފާސްކުރީ 2008 ވަނަ އަހަރުގެ ކުރީކޮޅު. އޭރު މަޖިލީހުގައި ތިއްބެވި ބޭފުޅުން މި ތިއްބެވީ، މޫސާ މަނިކު، އަބްދުﷲ ޝާހިދު، މާރިޔާ ދީދީ، އަޅުގަނޑު ހިތުން މަހުލޫފުވެސް އެތާ އިންނަވާނެ، އަދި އަޅުގަނޑަށްވެސް އެތާ އިންނަން ޖެހުން އެދުވަސްކޮޅު. އެކަންވެގެންދިޔަ ގޮތް، އެތަނުގައި ބަހުސް ކުރެވެމުންދިޔަ ގޮތް، އެއްފަހަރަށްވުރެ ގިނަ ފަހަރު މަޖިލީހަށް ހުށަހަޅައިގެން އަޅުގަނޑުމެން ފާސްކުރީ،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ގެސްޓްހައުސްގެ ވިޔަފާރި ފުޅާކުރުމަށް މަސައްކަތްތަކެއް ކުރި ކަމަށެވެ. ނަމަވެސް ގެސްޓްހައުސްގެ ވިޔަފާރި އިތުރަށް ފުޅާކުރަން ފެށި މަސައްކަތް ކުރިއަށް ގެންދެވޭނީ އެމްޑީޕީއަށް ވެރިކަމުގައި ތިބެގެން ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު