ގަތަރު ވޯލްޑް ކަޕްގެ ފައިނަލް މެޗުގައި އާޖެންޓީނާއާއި ފްރާންސް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!

  • އާޖެންޓީނާ
  • އާޖެންޓީނާ ގްރޫޕް ސްޓޭޖު ފެށީ ސައުދީ އަތުންވި ހައިރާންކުރުވަނިވި ބައްޔަކުން
  • އޭގެ ފަހުން މެކްސިކޯއާއި ޕޮލެންޑް 2-0 އިން ބަލިކޮށް ގަދަ 16 ހޯދި
  • ގަދަ 16ގައި އާޖެންޓީނާއިން އޮސްޓްރޭލިއާ ބަލިކުރީ 2-1 ގެ ނަތީޖާއަކުން
  • އާޖެންޓީނާއަށް މިހާތަށް ތަފާތު ދައްކަމުން ދަނީ މެސީ، އޭނާ ވަނީ ހަތަރު ގޯލު މިހާތަނަށް ޖަހާފައި
  • ކުއާޓާގައި އާޖެންޓީނާ ވަނީ ނެދަލޭންޑްސް ކައިރިން ޕެނަލްޓީ ޖަހައިގެން މޮޅުވެފައި
  • އެ މެޗު ވެގެން ދިޔައީ ފޯރިގަދަ މެޗަކަށް، ގިނަ ކާޑުތަކެއް މެޗުގައި ފެނުނު
  • އާޖެންޓީނާ ސެމީގައި ކްރޮއޭޝިއާ ބަލިކުރީ 3-0 ގެ ނަތީޖާއަކުން
  • ފްރާންސް
  • އެންމެފަހުގެ ޗެމްޕިއަން ފްރާންސް ގްރޫޕް ސްޓޭޖުގައި އޮސްޓްރޭލިއާއާއި ޑެންމާކް ބަލިކުރި
  • އެޓީމުން ބަދަލުތަކާއެކު ނުކުތް މެޗުގައި ޓިއުނީޝިއާ އަތުންވީ ބަލި
  • ގަދަ 16 ގައި ފްރާންސް ވަނީ ޕޮލެންޑް ބަލިކޮށްފައި
  • ފްރާންސަށް މުބާރާތުގައި އެންމެ މޮޅަށް ކުޅެމުން ދަނީ އެމްބާޕޭ
  • އޭނާ ވަނީ މިހާތަނަށް ފަސް ގޯލު މި ވޯލްޑް ކަޕްގައި ޖަހައިފައި
  • ފްރާންސް ސެމީއަށް ދިޔައީ ކުއާޓާގައި އިންގްލެންޑް ބަލިކޮށްފައި
  • އެ މެޗުން ފްރާންސް މޮޅުވީ 2-1 އިން
  • ފްރާންސްއަކީ އެންމެފަހުގެ ދުނިޔޭގެ ޗެމްޕިއަނުން
  • ފްރާންސުން ސެމީގައި ވަނީ 2-0 އިން މޮރޮކޯ ބަލިކޮށްފައި
  • މިރޭގެ މެޗު އެންމެ ބޮޑަށް ހާއްސަވާ ދެކުޅުންތެރިންނަކީ މެސީއާއި އެމްބާޕޭ
  • މެސީއަށް މިއީ ވޯލްޑް ކަޕްގެ އެންމެ ފަހު މެޗު، މިއީ އޭނާގެ ފަހު ވޯލްޑް ކަޕް
  • ކެރިއަރުގައި އެހެން ހުރިހާ ކާމިޔާބީއެއް ހޯދާފައިވާ މެސީއަށް ނުހޯދި އޮތް ހަމައެކަނި ތަށްޓަކީ ވޯލްޑް ކަޕް ތަށި
  • 2014 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލްގައި މެސީ އާޖެންޓީނާއެކު ކުޅުނު ނަމަވެސް ޖަރުމަނު އަތުންވީ ބަލި
  • މި ވޯލްޑް ކަޕްގައި މެސީ ވަނީ ފަސް ގޯލު ޖަހައި ތިން އެސިސްޓް ހަދާފައި، މެސީއަކީ 11 ގޯލާއެކު އާޖެންޓީނާ ޖާޒީގައި އެންމެ ގިނަ ވޯލްޑް ކަޕް ގޯލު ޖެހި ކުޅުންތެރިޔާ
  • ކެރިއަރުގައި ހަތް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ މެސީއަށް މިރޭގެ މެޗު ހާއްސަވަނީ މަރަޑޯނާގެ ތާރީހު އިޔާދަކުރުމަށްވެސްމެ
  • މަރަޑޯނާ ވަނީ 1986 ވަނަ އަހަރު އާޖެންޓީނާއާއެކު ވޯލްޑް ކަޕް ނަގާފައި
  • އެމްބާޕޭވެސް ވަނީ މިހާތަނަށް މި ވޯލްޑް ކަޕްގައި ފަސް ގޯލް ޖަހައިފައި
  • 2018 ވަނަ އަހަރު، އުމުރުން 19 ވަނަ އަހަރު އެމްބާޕޭ ފްރާންސާއެކު ފުރަތަމަ ވޯލްޑް ކަޕް ހޯދި
  • 24 އަހަރުވުމުގެ ކުރިން ދެ ވޯލްޑް ކަޕް ހޯދަން އޭނާއަށް މިރޭ ފުރުސަތު އޮތް އިރު، މީގެ ކުރިން އެ ޝަރަފު ހޯދާފައި އޮތީ ޕެލޭ އެކަނި
  • އެމްބާޕޭއާއި މެސީވެސް ކްލަބު ފުޓުބޯޅަ ކުޅެމުންދަނީ ޕީއެސްޖީއަށް
  • މީގެ ކުރިން އާޖެންޓީނާއާއި ފްރާންސް ވަނީ 12 މެޗެއްގައި ވާދަކޮށްފައި
  • އޭގެ ތެރެއިން ހަ މެޗު ކާމިޔާބުކުރީ އާޖެންޓީނާ، ފްރާންސް މޮޅުވީ ތިން މެޗަކުން
  • އަނެއް ތިން މެޗު ނިމުނީ އެއްވަރުވެގެން
  • ދެގައުމުން ވަނީ 1930 ވަނަ އަހަރު ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކޮށްފައި، އެމެޗުން މޮޅުވީ އާޖެންޓީނާ
  • އޭގެ ފަހުން 1978 ވަނަ އަހަރު ވޯލްޑް ކަޕްގައި ކުޅުނު މެޗުންވެސް މޮޅުވީ އާޖެންޓީނާ
  • އާޖެންޓީނާ އަތުގައި ކުރިން ރެކޯޑު އޮތް ނަމަވެސް، އެންމެފަހުން 2018 ވަނަ އަހަރު ވޯލްޑް ކަޕް ގަދަ 16 ގައި ކުޅުނު މެޗުން ފްރާންސް މޮޅުވި
  • އެ މެޗު ފްރާންސުން ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުން