އާޖެންޓީނާ ގައުމީ ޓީމުގެ ކޯޗު، ލިއޮނެލް ސްކަލޯނީ މަގާމުގައި މަޑުކުރުމަށް ނިންމައިފިއެވެ.
މިދިޔަ ފަސް އަހަރުވެސް އާޖެންޓީނާ ކޯޗުކަމުގައި ހުރި ސްކަލޯނީ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށްލާނެ ކަމުގެ އިޝާރާތެއް މީގެ ކުރިން ވަނީ ދީފައެވެ.
އާޖެންޓީނާއާއެކު 2021 ވަނަ އަހަރުގެ ކޮޕާ އެމެރިކާއާއި 2022 ވަނަ އަހަރު އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބުކުރި ކޯޗު ސްކަލޯނީ، ބްރެޒިލާ ދެކޮޅަށް އެގައުމުން ކުޅުނު ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗަށްފަހު ވާހަކަ ދައްކަމުން ބުނީ އާޖެންޓީނާއަށް ކޯޗުކަން ކުރަން މިވަގުތު އޭނާއަށް ފަސޭހަ ނޫން ކަމަށެވެ. އަދި އާޖެންޓީނާގެ ކޯޗުކަމުގައި ހުރެ ވިސްނަން ޖެހޭ ވިސްނުންތައް ވިސްނުމުގެ ހަކަތަ އޭނާގެ ކިބައިގައި ނެތް ކަމަށްވެސް ސްކަލޯނީ ވަނީ ބުނެފައެވެ.
އޭރު އެވާހަތައް ދެއްކި ނަމަވެސް އިޓަލީގެ ޓީވީއަކަށް ދިން އިންޓަވިއުއެއްގައި ސްކަލޯނީ ބުނީ ގައުމީ ޓީމުގައި މަޑުކުރާނެ ކަމަށާއި، އަބަދުވެސް ދައްކަމުން ދިޔައީ ތެދު ވާހަކަތަކެއް ކަމަށެވެ. އޭނާ ބުނީ އަސްލުވެސް ގައުމީ ޓީމު ދޫކޮށްލަން ވިސްނި ކަމަށާއި، އޭރު އުޅުނީ ޒުވާން ކޯޗުންނަށް ޖާގަ ފަހިކޮށްދީ ކުރިއަރަން ފުރުސަތު ދޭން ކަމަށެވެ. އެހެން ނަމަވެސް، ގައުމީ ޓީމު ދޫކޮށްލަން އަދި ބޭނުން ނުވާ ކަމަށް ސްކަލޯނީ ބުންނެވެ.
ކުރިން ވެސްޓް ހަމްއަށް ކުޅުނު ޑިފެންޑަރު ސްކަލޯނީ އާޖެންޓީނާއާ ހަވާލުވީ 2018 ވަނަ އަހަރުއެވެ. އެފަހުން އޭނާއާއެކު އާޖެންޓީނާ ތާރީހު ލިޔެލާފައިވާ އިރު، 1986 ވަނަ އަހަރު ޑިއޭގޯ މަރަޑޯނާއާއެކު ފުރަތަމަ ވޯލްޑް ކަޕް ހޯދުން އެއީ ގައުމުގެ ތާރީހުގައިވެސް އެންމެ ބޮޑު އެއް ކާމިޔާބީއެވެ.
އާޖެންޓީނާ
އާޖެންޓީނާ
އާޖެންޓީނާ
އާޖެންޓީނާ