ތޫނު އެއްޗަކުން ހަމަލާދީ ހއ. ތަކަންދޫ/ އިބްރާހީމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ) މަރާލި މައްސަލައިގެ ދައުވާ ލިބުނު މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ނަދީމުގެ މަރުގެ މައްސަލައިގައި ދައުވާކޮށްފައިވަނީ ހުސެއިން ސަލީމް، ރ. އިންނަމާދޫ/ ސަމަންތާ, ހުސެއިން ޝާމިން، ގއ. ގެމަނަފުށި/ ހަވާސް, މުހައްމަދު ކަރަމް ސުހައިލް އަދި ލ. ގަން/ ވިދާތަރި, އަލީ ނިފާޒުއެވެ. އެ މީހުންގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާއެވެ. މީގެ އިތުރުން ބޭ ގ. ޝާރާޒް، މުހައްމަދު މަފާޒުގެ މައްޗަށް ވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކޮށްފައެވެ.
ކުރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ ދައުވާ ލިބޭ މަފާޒުގެ މައްޗަށް ކުރާ ދައުވާ ސާބިތުވެއްޖެނަމަ ގިސޯސް ހިފެން ހުންނަ ކަމަށެވެ. އެހެންކަމުން ދައުލަތުން އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިތަކަށް ރިއާޔަތްކުރާ އިރު، ޝައްކެއް ނެތް މިންވަރަށް އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.
އޭނާއާ ދެކޮޅަށް ހެކިބަސް ދިން މީހުން ވަނީ އަނބުރާ ހެކިބަސް ގެންގޮސްފައެވެ. ނަދީމަށް ހަމަލާދިން ވަޅިން މަފާޒުގެ ފިންގާޕްރިންޓް އަދި މޫނު ނިވާކުރަން ބޭނުންކުރި މާސްކުން ވެސް މަފާޒާ ދެކޮޅަށް ހެއްކެއް ލިބިފައިނުވާ ކަމަށް ހުކުމުގައި ބުންޏެވެ.
މަފާޒުގެ މައްޗަށް ކުށް ސާބިތުނުވާތީ ކުރިމިނަލް ކޯޓުން ހުކުމްކުރީ ދެންތިބި މީހުންގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށެވެ.
ނަދީމުގެ މަރުގެ މައްސަލައިގައި ދައުލަތުން ވަނީ ކުޑަކުއްޖަކަށް ވެސް ދައުވާކޮށްފައެވެ. ޖުވެނައިލް ކޯޓުން ވަނީ އެ ދައުވާ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހު ބާތިލުކޮށްފައެވެ. އެ ކުއްޖާގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު