ޝަރުއީ ދާއިރާ މިހާރު ހިންގަނީ އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި ހަތަރު ބޭފުޅެއްގެ ލޯ ފާމުން ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިތަދޫގައި ރޭ ބޭއްވި "އަފިރިން ޔާމީން" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، އެމްޑީޕީ ވެރިކަމަށް އައީ މިނިވަން ފަނޑިޔާރުގެއެއް ހޯދުމަށް ވަކާލާތު ކުރަމުން ކަމަށާއި ނަމަވެސް ވެރިކަން ލިބުމުން ފަނޑިޔާރުގެ މިނިވަންކުރަން އެ ޕާޓީން މަސައްކަތްކުރާ މަންޒަރު ނުފެންނަ ކަމަށެވެ.
"އެމްޑީޕީގެ ބޮޑުން އަޑު އައްސަވާ! މިއަދުގެ ޝަރުއީ ނިޒާމުގައި މި ހިނގާ ކަންތައްތައް މި ހިނގަނީ އެމްޑީޕީގެ އިސް ސަފުގައި ތިބި ހަތަރު ބޭފުޅުންގެ ލޯފާމުން. އެ ލޯފާމުން ވަކާލާތުކުރަން ވައްދާ މައްސަލަތަކަށް ޖާގަ ލިބިގެންދަނީ ފަނޑިޔާރުންގެ މޭޒުކޮޅުން،" ޔާމީން ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އޮތީ އެމްޑީޕީގެ ކޮންޓްރޯލުގައި ކަމަށާއި ހުރިހާ ފަނޑިޔާރުން ތިބީ ރަހީނުކޮށް ބިރު ދައްކާފައި ކަމަށެވެ. އަދި މިއިން ޒަމާނުކުވެސް ޝަރުއީ ދާއިރާތަކަށް ނުފޫޒު ނުފޯރުވާ މިންވަރަށް މި ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށް ވިދާޅުވިއެވެ.
ޔާމީން އިތުރަށް ވިދާޅުވީ، ތުހުމަތުކުރެވޭ މީހުންނާ ގުޅޭ ހެކި ނެތަސް ފުލުހުން ބުނެލާ ބަހެއްގެ މައްޗަށް ބިނާކޮށް އެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރާ ކަމަށާއި 2023ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިޖެނަމަ ކޯޓުތަކައް އެގޮތަށް މީހުން ބަންދު ކުރުމުގެ ފުރުސަތު ނުލިބޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު