އަންހެނުންނަށް ހާއްސަކޮށްގެން "ވެލްނެސް ފޯ ވިމެން" ގެ ނަމުގައި ހުޅުމާލޭގައި ހަރަކާތެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
އެ ހަރަކާތް އިންތިޒާމުކުރާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ ބުނީ، "ވެލްނެސް ފޯ ވިމެން" ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެ ހަރަކާތް ކުރިއަށްގެންދަނީ ޝާލޫ ދި ޓްރެއިނާއާ ގުޅިގެން ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ، އެ ހަރަކާތް ބޭއްވުމުގެ މަގުސަދަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބޭނުންވާ މައުލޫމާތު އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމާއި ރައްޔިތުން ވީހާވެސް ބޮޑަށް ހޭލުންތެރިކުރުން ކަމަށެވެ. އެ ހަރަކާތުގައި ބައިވެރިވުމަށް [ރަޖިސްޓްރޭޝަނަށް](https://docs.google.com/forms/d/e/1FAIpQLSd6j1QSorZTcIvxPsgeMQZpX1lm-DjpnMRNRCM111_jh8OQJA/viewform) މިހާރު ވަނީ ހުޅުވާލައިފައެވެ.
"ވެލްނެސް ފޯ ވިމެން" ހަރަކާތުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭނެ ކަމަށާއި ހުރިހާ އުމުރުފުރައެއްގެ އަންހެނުންނަށް އެ ހަރަކާތުގައި ބައިވެރިވެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެ ހަރަކާތުގައި ސިއްހަތަށް ފައިދާ ހުރި ކެއުންތަކާއި މާބަނޑު މީހުންގެ ސިއްހަތާއި އަދި އެންހެނުންނާ ގުޅުންހުރި ގިނަ ކަންތައްތަކުގެ މައުލޫމާތުދިނުމަށް ހަމަޖެހިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު