ފްރާންސް ލީގުގައި ރޭ އެންމެފަހުގެ ޗެމްޕިއަން ޕީއެސްޖީން ކުޅުނު މެޗުގައި ބޮޑު ތަފާތަކުން ކްލާމޮންޓް ބަލިކޮށްފިއެވެ.
ރޭގެ މެޗު ރަށުން ބޭރުގައި ކުޅެ ޕީއެސްޖީން 5-0 އިން ކާމިޔާބު ކޮށްފައިވާ އިރު، މެޗުގެ ތަރިއަކީ ލިއޮނަލް މެސީއެވެ. ޕީއެސްޖީއަށް މިދިޔަ ސީޒަނުގައި ބަދަލުވެ، މެސީގެ ފަރާތުން އެކަށީގެންވާ ކުޅުމެއް ނުފެންނާތީ ފާޑު ކިޔާފައިވަނިކޮށް، މި ސީޒަނުގައި މިހާތަނަށް މެސީ ފެންނަނީ ރަނގަޅު ފޯމެއްގައެވެ. ރޭގެ މެޗުގައި ދެ ގޯލު ޖެހުމުގެ އިތުރުން މެސީ ވަނީ އިތުރު ގޯލަކަށް ފުރުސަތުވެސް ފަހި ކޮށްދީފައެވެ.
މެޗުގެ ފުރަތަމަ ގޯލުގައި ޕީއެސްޖީން ފެނިގެން ދިޔައީ މެސީއާއި ނޭމާގެ ގުޅުމެވެ. މެސީ ކަނޑާލި ބޯޅަ ނޭމާ ގޯލަށް ވައްދާލައި، ޕީއެސްޖީއަށް ލީޑު ނަގައިދިނީ ނުވަ ވަނަ މިނެޓުގައެވެ. އޭގެ އިތުރުން ފުރަތަމަ ހާފުގައި ޕީއެސްޖީން ދެ ގޯލު ޖެހި އިރު، އެ ދެގޯލަށްވެސް އެސިސްޓް ކޮށްދިނީ ނޭމާއެވެ. އެ ގޯލުތައް ޖެހީ އަޝްރަފު ހަކީމީއާއި މާކީނިއޯސްއެވެ.
ދެވަނަ ހާފުގައި މެސީގެ ދެ ގޯލު ފެނުނު އިރު، އޭނާގެ ފަހު ގޯލަކީ ހިތްގައިމު ގޯލެކެވެ. އާޖެންޓީނާގައި މެސީއާއެކު ކުޅޭ ލިއެންޑްރޯ ޕަރެޑެސް މެދު ތެރެއިން ވައްޓާލި ޗިޕް، އޭރިއާ ތެރެއިން މޭގައި ޖައްސާ ކޮންޓްރޯލްކޮށް، މެސީ ބޯޅަ ގޯލަށް ވައްދާލީ އޯވަހެޑް ކިކަކުންނެވެ.
ރޭގެ މެޗަކީ ޕީއެސްޖީގެ އާ ކޯޗު ކްރިސްޓޮފާ ކަލްޓިއާގެ އިރުޝާދުގެ ދަށުން އެޓީމުން ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ.
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ