ހައިވޭގައި ޕިކަޕަކާއި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން މިއަދު ބުނީ، މިއަދު 20:21 އެހާކަންހާއިރު ހައިވޭއިން ހުޅުމާލެއަށް އަރާ ހިސާބުގައި ޕިކަޕަކާއި ބަހެއް ޖެހި އެކްސިޑެންޓް ވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި މީހަކަށް އަނިޔާވެފައިނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓްގެ އިތުރުން މިއަދު 18:09 އެހާކަންހާއިރު ބަހަކާއި ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ވެސް ވަނީ ހިނގައިފައެވެ.
އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ، އެކްސިޑެންޓްވި ކާރު، އެހެން ކާރެއްގައި ޖެހި ކޮންޓްރޯލްނުވެ ގޮސް އެމްޓީސީސީ ބަހުގައި ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.
އައިޖީއެމްއެޗް މީޑިއާ އޮފިޝަލް މިއަދު "ވަން" އަށް ވިދާޅުވީ އެ އެކްސިޑެންޓްގައި އަނިޔާވި އެކަކަށް ފަރުވާދެމުން ދަނިކޮށް، މީގެ ކުޑަ އިރުކޮޅެއް ކުރިން މަރުވެފައިވާ ކަމަށެވެ. މަރުވެފައިވަނީ އަންހެނެކެވެ. އަދި އިތުރު ތިން މީހަކަށް އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމްގައި ފަރުވާދެމުންދާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު