އަށް ރަށެއްގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސެއް ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، އިންޑް ސްޕޯޓްސް ކޮމްޕްލެކްސް ތަރައްގީ ކޮށްދޭނެ ފަރާތައް ބޭނުންވާ ކަމަށާއިި އަދި އެ މަސައްކަތަށް ކުރިމަތިލެވޭނީ މިނިސްޓްރީ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.
މިބީލަމުގައި ބައިވެރިވެވޭނީ އެރަޖިސްޓަރީގެ GC01 ގެ ގްރޭޑް 01- ,GC01 02- GC01-04, GC01-03, GC01އަދި GC01-05 އަށް ޝަރުތު ހަމަވާ ފަރާތްތަކަށް ކަމަށް ވެސް ފިނޭންސުން ބުންޏެވެ. މަސައްކަތްތަކަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުސޫލުގެ މަތީން ކަމަށް ފިނޭންސުން ބުނެފައިވެއެވެ.
ފިނޭންސުން ބުނީ ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ. އަދި އެ ފައިސާ ބަލައިގަންނާނީ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި ފައިސާ ދައްކަން ޖެހެނީ (https://bandeyripay.finance.gov.mv) މެދުވެރި ކޮށް ކަމަށެވެ.
އެ މަސައްކަތައް ޝައުގުވެރިވާ ފަރާތްތަކުން ޖުލައި މަހުގެ ހަ ވަނަ ދުވަހުގެ ކުރިން ބީލަން ހުށަހަޅަން ޖެހޭނެކަމަށް ފިނޭންސުން ބުންޏެވެ.