ކުނި ވަކިކޮށް ނެރޭއިރު ކަރުދާސް އަދި ޕްލާސްޓިކް ފަދަ ތަކެތި އިތުރު ކޮތަޅަކަށް އަޅާފައި ހުންނާނީ ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުނި ވަކިކޮށް ނެރޭއިރު ކަރުދާސް އަދި ޕްލާސްޓިކް ފަދަ ތަކެތި އިތުރު ކޮތަޅަކަށް އަޅާފައި ހުއްޓާ އެހެން ގައުމުތަކުން ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި ގިނަ ގައުމުތަކުގައި ކޮތަޅަށް އަޅަނީ ހަމައެކަނި ކުނިވާ ބާވަތްތަކުގެ ކުނި ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
"ކުނި ވަކިކޮށްގެން ނެރޭއިރު ކަރުދާސް އަދި ޕްލާސްޓިކް ފަދަ ތަކެތި އިތުރު ކޮތަޅަކަށް އަޅާފައި ހުއްޓާ ނުދެކެން. ގިނަ ގައުމުތަކުގައި ކޮތަޅަށް އަޅަނީ ހަމައެކަނި ކުނިވާ ބާވަތުގެ ކުނި،" ނަޝީދު ވިދާޅުވިއެވެ.
ވެމްކޯއިން މިދިޔަ މަހުގެ 20 ވަނަ ދުވަހުކުރި އިއުލާނެއްގައި ބުނެފައިވަނީ، އިއްޔެއިން ފެށިގެން ގޭބިސީތަކުން ބޭރަށް ނެރޭ ކުނީގެ ބާވަތްތައް ހުންނަން ވާނީ ބައިތަކަށް ވަކިކޮށްފައި ކަމަށެވެ.
ރާއްޖޭގެ ކުނި މެނޭޖުކުރުމާ ބެހޭ ގަވާއިދަށް ގެނެސްފައިވާ އިސްލާހަށް އަމަލުކުރުން އެ ކުންފުންޏަށް ލާޒިމުވާތީ ކުނި ވަކިކޮށްފައިނުވާ ނަމަ، އެ ކުނި ބަލައިނުގަތުމުގެ އިހުތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 17 ވަނަ ދުވަހު، ރާއްޖޭގެ ކުނި މެނޭޖުކުރުމާ ބެހޭ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން، އުކާލުމަށް ނެރޭ ކުނީގެ ބާވަތްތައް ހުންނަން ވާނީ ބައިބަޔަށް ވަކިކޮށްފައެވެ.
އެގޮތުން މާލޭ ސަރަހައްދު ގޭބިސީތަކުން އުކާލުމަށް ނެރޭ ކުނިތަކުގެ ތެރޭގައި ހިމެނޭ، ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ކުނި، ޕްލާސްޓިކް ފުޅި އަދި އެހެނިހެން ބާވަތްތަކުގެ ކުނި ހުންނަންވާނީ ވަކިކޮށްފައެވެ. މާލޭ ސަރަހައްދު ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށާއި ސިނާއީ ރަށްތަކަށް އަދި ރިސޯޓުތަކުން ވެސް އުކާލުމަށް ނެރޭ ކުނިތައް ހުންނަން ވާނީ ވަކިކޮށްފައެވެ. އަދި ކުނި ވަކިކޮށްފައި ހުންނަން ވާނީ އެއްކުނީގެ ބާވަތް އަނެއްކުންޏާ އެއް ނުވާނޭހެން ވަކި ކޮތަޅުތަކުގައެވެ.
ވެމްކޯ އިން ބުނެފައި ވަނީ ދުވަހު ކުނީގެ ގޮތުގައި ނުހިމެނޭ ބަރު އަދި ބޮޑެތި ކުނި އުކާލުމަށް އެ ކުންފުނީގެ ކޯލް އެންޑް ޕިކަޕް (CAPS) ހިދުމަތް ނުވަތަ ކުލީ ޕިކަޕުގައި އެހެން ކުންޏާ އެއްނުވާނޭހެން އުކާލެވިދާނެ ކަމަށެވެ.
މީގެ އިތުރުން މާލޭ ސަރަހައްދުން ބޭރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުން އުޅަނދުގައި ކުނި ބަރުކޮށްގެން ތިލަފުށި ވޭސްޓް ޑިސްޕޯސަލް ސައިޓަށް ކުނި އުކާލާ ފަރާތްތަކުން ވެސް ޖެހޭނީ ގަވާއިދާ އެއްގޮތަށް އަމަލުކުރަން ކަމަށް ވެމްކޯއިން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު