އެއް އާއިލާއެއްގެ ހަ ކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުވާ މީހާ އަނެއްކާ ވެސް ހައްޔަރުކޮށްފިއެވެ.
އެ ކުދިންނަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން މިދިޔަ މަހުގެ ކުރީކޮޅު ހައްޔަރުކުރި 55 އަހަރުގެ މީހާގެ ބަންދަށް 30 ދުވަސް ދީފައިވަނިކޮށް ބަންދު ރިވިއުއަށް ކުރިމިނަލް ކޯޓަށް އިއްޔެ ގެންދިއުމުން އޭނާ ވަނީ ޝަރުތުތަކަކާ އެކު ދޫކޮށްލައިފައެވެ.
އޭނާ ދޫކޮށްލީ އޭނާގެ ފަރާތުން އަނިޔާ ލިބުނު ކުދިން މިހާރު ބޮޑުވެފައިވުމުންނާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ފަރާތުން މައްސަލައާ ގުޅޭގޮތުން ދޭ ލިޔުން ބަންދު ރިވިއުގައި އާ ލިޔުމެއްގެ ގޮތުގައި ހުށަހަޅަން ޖެހޭތީ އެކަން އެގޮތަށް ފުލުހުން ކޮށްފައި ނުވުމުންނެވެ.
ތުހުމަތުކުރެވޭ ފަރާތް ބަންދުން ދޫކޮށްލީ އަނިޔާ ލިބުނު ފަރާތްތަކާ ބައްދަލު ނުކުރުމަށާއި ތަހުގީގަށް ހާޒިރުވުމަށާއި ހުއްދަނެތި ދަތުރު ނުކުރުމަށް ޝަރުތުކޮށްފައެވެ.
ފުލުހުން މިއަދު ބުނީ ކޯޓު އަމުރެއްގެ ދަށުން 55 އަހަރުގެ މީހާ މިއަދު އަލުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެމީހާ އަލުން ހައްޔަރުކޮށްފައިވާ އިރު، ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު މިއަދު ވަނީ އެ މީހާ ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ނިންމި ނިންމުން، ހައިކޯޓުގައި މާދަމާ އިސްތިއުނާފު ކުރާނެ ކަމަށް ވިދާޅުވެފައެވެ.
އެއް އާއިލާއެއްގެ ހަ ކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކުރެވެނީ އެ އާއިލާގެ މީހަކަށެވެ. އެއީ އެ ކުދިންގެ ޅިޔަނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު