ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭގެ ކުރިމަގާ މެދު ގޮތެއް ނިންމާފައި ނުވާ ކަމަށް އޭނާގެ މަންމަ ފޭޒާ ލަމާރީ ބުނެފިއެވެ.
އެމްބާޕޭގެ މަންމަ އެފަދަ ވާހަކަތަކެއް ދައްކާ ރަސްމީކޮށް ބަޔާން ނެރެފައި ވަނީ، އެމްބާޕޭ ޕީއެސްޖީގައި އިތުރު ދެއަހަރު ދުވަހު މަޑުކުރަން އެއްބަސްވެފައިވާ ކަމަށް ފްރާންސްގެ ބައެއް މީޑިއާތަކުން ރިޕޯޓުކުރުމުންނެވެ. އެފަދަ ގޮތަކަށް ފްރާންސްގެ މީޑިއާތަކުން ރިޕޯޓު ކޮށްފައި ވަނީ މި ސީޒަނަށްފަހު އެމްބާޕޭ ހިލޭ ޓްރާންސްފާއެއްގައި ރެއާލް މެޑްރިޑަށް ބަދަލުވާނެ ކަމަށްވެސް ގިނަ މީޑިއާތަކަކުން ރިޕޯޓު ކޮށްފައިވަނިކޮށެވެ.
އެމްބާޕޭގެ ޓްރާންސްފާގެ ވާހަކަތައް ވަރަށް ބޮޑަށް ގަދަވެފައި އޮތް އިރު، އޭނާގެ އެޖެންޓް މިނޯ ރައިއޯލާ ވަނީ މިދިޔަ ހަފުތާގައި މަރުވެފައެވެ. އެމްބާޕޭގެ އެޖެންޓުގެ މަސައްކަތަކާ މެދު ވަކި އެއްޗެއް އަދި ނުނިމި އޮތުމުން މިވަގުތު ހުށަހެޅުންތަކުގެ ކަންކަން ބަލަނީ ރައިއޯލާގެ ކުންފުނިން ކަމަށް ބެލެވެއެވެ. ނަމަވެސް އެ ކަންކަމުގެ ތެރެއަށް ވަރަށް ބޮޑަށް އާއިލާ ވަދެގެން އެކުގައި މަސައްކަތް ކުރާކަންވެސް ފާހަގަވެފައެވެ.
އެމްބާޕޭގެ މަންމަ ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެމްބާޕޭގެ ކުރިމަގާ މެދު އަދި ގޮތެއް ނުނިމި އޮތް ކަމަށާއި ހުރިހާ ފަރާތްތަކަށްވެސް އިހުތިރާމުކުރުމުގެ ގޮތުން މަޝްވަރާތައް ކުރިއަށް ގެންދަނީ ހުރިހާ ފަރާތްތަކުންވެސް އެކުގައި ކަމަށެވެ.
އެމްބާޕޭއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. ފްރާންސާއެކު ވޯލްޑް ކަޕުވެސް އުފުލާލި އެމްބާޕޭ ވަނީ މި ސީޒަނުގައިވެސް ޕީއެސްޖީއަށް 35 ގޯލު ޖަހައިދީފައެވެ. އެ ކުލަބުން ލީގު ނެގުމުގައިވެސް އެންމެ މުހިންމު ކުޅުމެއް ދެއްކީ އޭނާއެވެ.
ކީލިއާން އެމްބާޕޭ
ކީލިއާން އެމްބާޕޭ
ކީލިއާން އެމްބާޕޭ
ކީލިއާން އެމްބާޕޭ