ނޭމާއާއި ލިއޮނަލް މެސީގެ އިތުރުން ކިލިއަން އެމްބާޕޭ ޖެހި ގޯލުތަކާ އެކު ޕީއެސްޖީން ފްރާންސް ލީގުގައި ކުޅުނު މެޗުން ބޮޑު މޮޅެއް ހޯދައިފިއެވެ.
ރޭ ޕީއެސްޖީއާއި ލޮރިއެންޓް ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ 5-1ގެ ނަތީޖާއަކުންނެވެ. ރޭގެ މޮޅާ އެކު ޕީއެސްޖީން ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 30 މެޗުން 68 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނަގައި އޮތް މާސާއަށް 30 މެޗުން ލިބިފައިވަނީ 56 ޕޮއިންޓެވެ. ޕީއެސްޖީއަށް ލީގު ޔަގީންވުމާއި ގާތަށް ދިޔަ ނަމަވެސް، އެޓީމަށް މި ސީޒަންގައި ކުރިމަތިވި އެންމެ ބޮޑު މާޔޫސްކަމަކީ ހަޑި ގޮތަކަށް ޗެމްޕިއަންސް ލީގުން ކެޓުމެވެ.
ޗެމްޕިއަންސް ލީގުގައި ގަދަ 16 އިން ރެއާލް މެޑްރިޑް އަތް ދަށުވެ ޕީއެސްޖީ ކަޓައިގެން ދިޔުމާއެކު އެކަމުގެ ރުޅި، ސަޕޯޓަރުން ވަނީ މެސީއާއި ނޭމާއަށްވެސް ބާލައިފައެވެ.
ރޭ ކުޅުނު މެޗުގައި ޕީއެސްޖީގެ ދެ ގޯލު އެމްބާޕޭ ޖެހި އިރު، އޭނާ ވަނީ ތިން ގޯލަކަށް އެސިސްޓްވެސް ކޮށްދީފައެވެ. މެޗުގައި ނޭމާވެސް ދެ ގޯލު ޖެހާފައިވެއެވެ. މެޗުގައި ޕީއެސްޖީގެ އަނެއް ގޯލު ޖެހީ މެސީއެވެ. ލޮރިއެންޓުން ޖެހި ހަމައެކަނި ގޯލު ޖަހައިދިނީ ތެރެމް މޯފީއެވެ. މިވަގުތު ލޮރިއެންޓް އޮތީ ރެލިގޭޝަންގެ ތުންފަތްމަތީގައެވެ. މިރޭގެ ބައްޔާއެކު އެޓީމު ރެލިގޭޝަން ޒޯނަށް ނުގޮސް އޮތީ އެންމެ ޕޮއިންޓެއްގެ ތަފާތުންނެވެ.
ފްރެންޗް ލީގުގެ ދެވަނައިގައި މިވަގުތު އޮތް މާސޭން ރޭ ކުޅުނު މެޗުގައި ސެއިންޓް އެތިއޭން ބަލިކުރީ 4-2 ގެ ނަތީޖާއަކުންނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު