ޕީއެސްޖީގެ ޖޯޖިއާ ވިންގް، ހަވީޗާ ކްވަރަޓްޝޭލިއާގެ ކަނާތު ކަކުލުގެ އޭސީއެލްއަށް އަނިޔާވެފައިވާކަން ކްލަބުން ޔަގީން ކޮށްދީފިއެވެ.
ޕީއެސްޖީން ރޭ ބާސެލޯނާއިން ކުޅުނު މެޗުގައި 4-2 އިން މޮޅުވީ ޕީއެސްޖީއެވެ. އެންމެފަހުން މިދިޔަ ދެ ސީޒަނުގައިވެސް ޔޫރަޕްގެ ޗެމްޕިއަންކަން ހޯދި ޕީއެސްޖީއަށް ކްވަރަޓްޝޭލިއާއަކީ މުހިއްމު ކުޅުންތެރިއެކެވެ. މިދިޔަ ސީޒަނުގައިވެސް ކްވަރަޓްޝޭލިއާގެ މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ރޭގެ މެޗުގައި އޭނާގެ ކަނާތު ކަކުލަށް އަނިޔާވެ ބަދަލުކުރަން ޖެހިފައިވެއެވެ.
ދެވަނަ ހާފުގައި ކްވަރަޓްޝޭލިއާގެ ބަދަލުގައި މަގަނޭސް އަކްލީއޫޝް ކުޅެން ނުކުމެފައިވާ އިރު، ޕީއެސްޖީން ބުނީ ކްވަރަޓްޝޭލިއާގެ ކަކޫ އެނބުރިފައިވާ ކަމަށެވެ. އޭގެ ސަބަބުން ސާޖަރީއެއް މަޖުބޫރުވެފައިވާ ކަމަށް ޕީއެސްޖީން ބުނެފައިވާ އިރު، އެނބުރި އަންނާނެ ސީދާ ތާރީހެއް ބުނެފައެއް ނުވެއެވެ.
ކްވަރަޓްޝޭލިއާއަށް ދިމާވި އޭސީއެލް އަނިޔާއަކީ ކުޅުންތެރިންނަށް ދިމާވާ އެންމެ ނުރައްކާތެރި އެއް އަނިޔާއެވެ. އެކަހަލަ އަނިޔާތަކުގައި ގިނަ ފަހަރަށް އަހަރެއްހާ ދުވަހު ކުޅުމާ ދުރަށް ދާން ޖެހެއެވެ.
ރޭގެ މެޗުގައި ޕީއެސްޖީގެ ފްރާންސް ތަރި އުސްމާން ޑެމްބެލޭގެ ފަލަމަސްގަނޑަށްވެސް އަނިޔާވެފައިވާ އިރު، އޭނާއަށްވެސް ދުވަސްތަކަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ނޫސްތަކުން ބުނެފައިވެއެވެ.
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ
ކޮމެންޓް