ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުލަތުން ކުރާ ރިޝްވަތު ގަބޫލުކުރެއްވުމުގެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ ގޯސްކޮށް ކަމަށް ކަނޑައަޅައި އެ މައްސަލަ ބަލަން ހައިކޯޓުން ކްރިމިނަލް ކޯޓަށް އަންގައިފިއެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން، ކުރިމިނަލް ކޯޓުގައި މަހުލޫފްގެ މައްޗަށް ކޮށްފައިވަނީ ރިޝްވަތު ހިފުމުގެ ދައުވާއެވެ.
އެއީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުންނެވި އިރު، 27 އޮގަސްޓު 2014 ގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި އޭރުގެ ޓޫރިއެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން، ކުރިމިނަލް ކޯޓުގައި މަހުލޫފްގެ މައްޗަށް ކޮށްފައިވަނީ ރިޝްވަތު ހިފުމުގެ ދައުވާއެވެ.
އެއީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުންނެވި އިރު، 27 އޮގަސްޓު 2014 ގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު، އެސްއޯއެފްގެ އެކައުންޓުން މަހުލޫފްގެ އެކައުންޓަށް 33000 ޑޮލަރު، 01 ސެޕްޓެންބަރު 2014 ގައި ޖަމާކޮށް، ރިޝްވަތު ހިފާފައިވާތީ ކަމަށް ބުނެއެވެ.
ނަމަވެސް އެއީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާއެއް ނޫން ކަމަށްބުނެ އެ މައްސަލަ ކްރިމިނަލް ކޯޓުން ވަނީ ބޭރުކޮށްލައިފައެވެ.
މިމަހުގެ އެއްވަނަ ދުވަހު ކުރިމިނަލް ކޯޓުން މި މައްސަލަ ބޭރުކޮށްލަމުން، މައްސަަލަ ބެއްލެވި އެ ކޯޓުގެ ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ 33،000 ޑޮލަރު މަހުލޫފަށް ލިބުނުކަން ސާބިތު ކުރެވެން އޮތް ނަމަވެސް އެއީ އެސްއީޒެޑް ބިލަށް ވޯޓު ދިނުމުން ރިޝްވަތުގެ ގޮތުގައި ދިން ފައިސާއެއް ކަން ސާބިތުކޮށްދެވޭނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ސާބިތު ކުރެވޭނެ ކަމަށް ފެނިވަޑައިނުގަންނަވާތީ، އެ ދައުވާ ކުރިއަށް ނުގެންދަން ނިންމެވުމަށްފަހު ދައުވާ ބާތިލުކުރެއްވީ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އެ ނިންމުން ގާޒީ ނިންމެވީ އެ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ރިއާޔަތް ކުރައްވައެވެ.
އެކަމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ.
މި މައްސަލަ ބެލުމަށްފަހު، ހައިކޯޓުގެ އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު އަލީ ސަމީރު ހިމެނިވަޑައިގަންނަވާ ބެންޗުން މިއަދު ކުރި ހުކުމުގައި، ވަނީ، މަދަނީ މިންގަނޑުން ބަލާއިރު، މި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ ގޯސްކޮށް ކަމަށެވެ. ކުރިމިނަލް ކޯޓުގެ އެ ނިންމުމުގައި މަހްލޫފާ ދެކޮޅަށް ދައުލަތުން ހުށަހެޅި މުހިންމު ހެކިތަކަށް ރިއާޔަތްކޮށްފައި ނެތްކަމަށްވެސް ހުކުމްގައި ވެއެވެ.
އެހެންކަމުން ކްރިމިނަލް ކޯޓުގެ އެ ނިންމި ނިންމުން ބާތިލުކޮށް، އެއީ ކުރިއަށް ގެންދެވޭނެ ދައުވާއެއް ކަމަށް ކަނޑައަޅައި އެ މައްސަލަ ބެލުމަށް ހުކުމްގައި ވަނީ އަމުރު ކޮށްފައެވެ.