ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރިވާ ދެމުންދިޔަ ސްރީލަންކާ މީހަކު މަރުވެ، ރާއްޖެއިން މިބަލީގައި މަރުވި މީހުންގެ އަދަދު 278 އަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލޭ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުންދިޔަ ސްރީލަންކާގެ އުމުރުން 73 އަހަރުގެ ފިރިހެނަކު މަރުވެފައިވާ ކަމަށެވެ. އަދި އޭނާ މަރުވެފައި ވަނީ ރޭ ދަންވަރު 3:04ގައި ކަމަށެވެ.
ހުޅުމާލެ ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހަކު އިއްޔެވެސް ވަނީ މަރުވެފަ އެވެ. އެއީ އުމުރުން 74 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މަރާއެކު ރާއްޖެއިން ކޮވިޑު ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 278 އަށް އަރައިފައެވެ. އެއީ 259 ދިވެހީންނާއި 19 ބިދޭސީންނެވެ.
ކޮވިޑު ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ 2020 ވަނަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު