ރަންނަމާ ދެކެ ނުގަންނަބިރު، ރާއްޖޭގެ ކޯޓުތަކުން އެމްޑީޕީ ދެކެ ގަންނަ ކަމަށް ކުރީގެ ނައިބު ރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕީއެމުން ވާދަކުރާ މޫސާ ފަތުހީއަށް ކެމްޕެއިން ކުރުމަށް ފޯކައިދޫގައި މިރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ލޯޔަރުންގެ ޓީމުގައިވެސް އިސްކޮށް އުޅުއްވާ ޑރ. ޖަމީލް ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައީ ފަނޑިޔާރުގެ އިސްލާހުކުރާނެ ވާހަކަ ދެއްކުމަށް ފަހުގައި ކަމަށެވެ.
ޑރ. ޖަމީލް ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމު ބަހަލައްޓާ ތަނަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ކަމަށާއި އެތަނުގައި ތިބީ ހުސް އެމްޑީޕީ މީހުން ކަމަށެވެ.
"މި ޖޭއެސްސީގައި ހުންނަ މީހަކީ މި ޝަރުއީ ނިޒާމުގެ ބޮޑު މީހާ. އެމީހަކީ ކާކުކަން އެނގިވަޑައިގަންނަވާތޯ. އެއީ ރައީސް ނަޝީދު. ދެން ހުރީ ހިސާން ހަސަން. އެއީ އެމްޑީޕީގެ އެންމެން ނައިޓަށް ފޮނުވި ކަމަނާ. ދެންވެސް ތިބީ އެމްޑީޕީގެ ފަހުލަވާނުން އެތާނގައި. މި އެންމެން މިތިބީ ޖޭއެސްސީގައި. ދެން އަހަރެމެން ކައިރީގައި މިބުނަނީ ޖޭއެސްސީ މިއޮތީ މިނިވަންވެފައޭ" ޑރ. ޖަމީލް ވިދާޅުވިއެވެ.
ޑރ. ޖަމީލް ވިދާޅުވީ، އެމްޑީޕީގެ އަދުލުގެ ނިޒާމުގައި މިހާރު މަދުވަނީ އެންމެ ކަމެއް ކަމަށެވެ. އެއީ މިނިސްޓްރީ އޮފް ޖަސްޓިސްގެ ނަމުގައި މިނިސްޓްރީއެއް އުފައްދައި އެތަނުގެ ވެރިއަކަށް ރައީސް ނަޝީދު ބައްޕާފުޅު ކެރެފާ އަބްދުއްސައްތާރު ލުން ކަމަށެވެ.
މި ސަރުކާރުން ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވާކަން ފާހަގަކޮށް ޑރ. ޖަމީލް ވިދާޅުވީ ރާއްޖޭގެ ކޯޓުތައް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ ދެކެ ބިރު ގަންނަ ކަމަށެވެ.
"ހަގީގަތުގައި ރާއްޖޭގެ ޝަރުއީ ކޯޓުތައް އެނގޭތޯ؟ އަޅުގަނޑު ދެރަވޭ މިވާހަކަ ދައްކަން. ރަންމާރިއަށް، ރަންނަމާރިއަށް ނުހަންގަ ބިރު ދިވެހިރާއްޖޭގެ ކޯޓުތަކުން މިއަދު ގަނޭ އެމްޑީޕީ ދެކެ"
ޑރ. ޖަމީލް އިތުރަށް ވިދާޅުވީ، މި ސަރުކާރުން ޖޭއެސްސީ އިސްލާހުނުކޮށް އުޅޭ ބޭނުމަކީ ރައީސް ޔާމީން ޖަލަށް ލުމަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު