ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހުމުގެ މަސައްކަތް މިމަހު މެދުތެރޭގައި ފަށާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ބޫސްޓާ ޑޯޒް ވެކްސިން މިހާރު ޖަހަމުން ދަނީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށް އެކަންޏެވެ. ބޫސްޓާ ޑޯޒް އެންމެނަށް ޖެހުމަށް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ހުޅުވާލަން ނިންމި ނަމަވެސް ސިރިންޖު ލިބުމުގައި ދަތިތަކެއް އުޅެތީ، ބޫސްޓާ ޑޯޒް ޖެހުން ވަނީ ފަސްކޮށްފައެވެ.
އެޗްޕީއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ޑރ. ޝާހު މާހިރު ވިދާޅުވީ ރާއްޖޭގައި ތިބި ވެކްސިން ޖެހޭ އުމުރުގެ މީހުންނަށް ވެކްސިން ޖަހަން މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި އެވަރަށް ވެކްސިންގެ ޑޯޒްވެސް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.
"ބޫސްޓާ ޑޯޒް ޖެހުމަށް ބޭނުންވާ ކޮންސިއުމެބުލްސްއާ އެހެނިހެން ސާމާނު މި މަހު އަޅުގަނޑުމެންނަށް ލިބޭނެ. އެހެންވެ މި މަހު މެދުތެރޭ ބޫސްޓާ ޑޯޒް ކެމްޕެއިން އަޅުގަނޑުމެން ފުދޭ ވަރަކަށް ބާރަށް ފަށައިގަންނާނަން. އަޅުގަނޑުމެންނަށް މިހާރު އެއްލައްކަ ޑޯޒް ވެކްސިން ހުރީ ލިބިފައި،" ޝާހު މާހިރު ވިދާޅުވި އެވެ.
ބޫސްޓާ ޑޯޒް ޖަހަން ބޭނުންވާ ފައިޒާ ވެކްސިންގެ 100،620 ޑޯޒް، ކޮވެކްސް ފެސިލިޓީގެ ދަށުން އެމެރިކާއިން ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ.
ރާއްޖޭގައި މިހާތަނަށް 27،762 މީހަކު ވެކްސިންގެ ދެވަނަ ޑޯޒު ޖަހާފައިވެއެވެ. އެއީ އާބާދީގެ 80 ޕަސެންޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު