މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްކޮށް ހުންނަވާ ޓާސްކް ފޯހެއް އެކުލަވާލައްވައި މަސައްކަތް ފަށައިފިއެވެ.
މިފަހުން ފުލުހުން ހިންގި ބޮޑު ދެ އޮޕަރޭޝަނެއްގައި އަތުލައިގަތް 315 އެއްހާ ކިލޯގެ މަސްތުވާތަކެތި ނައްތާލުމަށް ކ. ދޫނިދޫގައި ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، އެ ޓާސްކް ފޯސް އެކުލަވާލައްވައި މީގެ މަހެއްހާ ދުވަސް ކުރިން މަސައްކަތް ފަށާފައިވާ ކަމަށެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ގުޅުންހުރި ހުރިހާ މުއައްސަސާއަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ފަހަކަށް އައިސް އަތުލައިގަނެވޭ މަސްތުވާތަކެތީގެ އަދަދު އިތުރު ނަމަވެސް، މުޅި މައްސަލައަށް ހައްލެއް ހޯދަން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ، ފާއިތުވި ތިން އަހަރު މަސައްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން ކުރި މަސައްކަތްތައް ބަލައި އެ މަސައްކަތް އިތުރު ހަރުފަތަކަށް ގެންދަން ޖެހިއްޖެ ކަމަށް ރައީސަށް ގަބޫލުކުރެވިގެން އުފެއްދި ޓާސްކު ފޯހުން ކުރާ މަސައްކަތުގެ ނަތީޖާ ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ފެންނާނެ ކަމަށެވެ.
ނަމަވެސް އެ ޓާސްކު ފޯސްގައި ތިއްބަވަނީ ކޮން ފަރާތްތަކެއް ކަމެއް އަދި އެ ޓާސްކު ފޯސްއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ނުދެއްވައެވެ.
ޚަބަރު
ޚަބަރު
ޚަބަރު