މުސްތަގިއްލު ކަމާއެކު ވެރިކަން ނުކުރެވޭ ނަމަ އަވަހަށް ވެރިކަމުން ފޭބުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
"މަރުހަބާ ރައީސް ޔާމީން"ގެ ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ރައީސް ޔާމީން ވިދާޅުވީ، މިހާރު އޮތް ސަރުކާރުގެ އެއްވެސް އިހުލާސްތެރިކަމެއް ނެތް ކަމަށާއި އިންޑިއާގެ ސިފައިން ރާއްޖޭގައި ބައިތިއްބަނީ މިހާރު އޮތް ސަރުކާރުގެ ހީލަތްތެރި ރޭވުމުން ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ އަމަނުގެ އެއް ތަޅުދަނޑި މިހާރު އޮތީ އިންޑިއާގެ އަތުގައި ކަމަށާއި އެއީ ގައުމު ހިންގަން ތިބޭ މީހުން ކަންކަން ކޮށްގެންވާނެ ގޮތެއް ނޫން ކަމަށެވެ.
"އެއްވެސް ގައުމެއްގައި މިކަހަލަ ޑައިކޮޓޮމީއެއް ނޯންނާނެ. ވެރިކަމުގެ ތެރޭގައި މިހަކަލަ ޑުބްލިސިޓީއެއް ނޯންނާނެ، ވެރިކަން ކުރާނީ މުސްތަގިއްލު ވެރިކަމެއް، އެހެން ނޫނީ ފައިބާ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ، އިންޑިއާ އައުޓް ކެމްޕޭނަކީ އެމަނިކުފާނުގެ އިސްނެންގެވުމަށް ޕީޕީއެމުން ފެށި ކެމްޕޭނެއް ކަމަށާއި އިންޑިއާ ސިފައިންނަށް ރާއްޖޭގައި ޖާގަ ނެތް ކަމަށެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބެނީ ގާނޫނާ ހިލާފަށްކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ، އެގައުމުގެ ސިފައިން ޖެހޭނީ ރާއްޖެއިން ފައިބަން ކަމަށެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، މި ސަރުކާރުން ކުރާ ކަމަކީ ގައުމުގެ ހަރުމުދާ ބޭރުގެ ފަރާތްތަކަށް ވިއްކުން ކަމަށާއި އިގުތިސޯދީ ގޮތުން ރާއްޖެ ކުރިއެރުވުމުގެ ތަސައްވަރެއް މި ސަރުކާރުން ނުގެންގުޅޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު