ހުޅުމާލޭ ފޭސް ދޭކުން ދުވަސްވީ މީހެއްގެ ފޯނާއި ވޮލެޓް ފޭރިގެންފިއެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލެ ފޭސް ދޭކުން އުމުރުން 85 އަހަރުގެ ދިވެހި ފިރިހެނެއްގެ ފޯނާއި ވޮލެޓު ފޭރުނު މައްސަލައެއް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެމައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ. ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ފޯނާއި ވޮލެޓު ފޭރިގަތް މިހާ، އެދުވަހު ކަން ހިނގައިދިޔަ ގޮތް ކިޔައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.
އެ ވީޑިއޯގައި އޭނާ ކިޔައިދޭ ގޮތުގައި މީހާކު އައިސް އޭނާގެ ގައިގައި ކޮށްޓާލުމަށްފަހު ފޯނާއި ވޮލެޓު ފޭރިގަތުމަށްފަހު އޭނާ ކޮށްޕާލި ކަމަށެވެ. ކޮއްޕާލުމުގެ ސަބަބުން ފާރެއްގެ ކަނެއްގައި ޖެހުމުން އޭނާގެ ކަނާއަތަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.
"އޭނާ މަ ކޮށްޕާލާފައި ވޮލެޓު ހިފަައިގެން ދުއްވައިގަތީ، މަ ކޮށްޕާލީމާ ގެއެއްގެ ކަނުގައި ޖެހުނީ، އޭނާ މަ ކޮށްޕާލައިފައި ވޮލެޓް ހިފައިގެން ދުއްވައިގަތީ" އޭނާ ބުންޏެވެ.
އޭނާގެ ކަނާތުގެ ބޮޑު ބައެއް ނޫފައިގަނެ، ކޮނޑު ކައިރިން ތަންކޮޅެއް ވަނީ ކަނޑައިގެން ގޮސްފައެވެ. އޭނާ ބުނީ ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަން ހޮސްޕިޓަލަށް ގޮސްފައިނުވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު