މާލެ ރައްޔިތުންނަށް ދިމޭވަފައިވާ ބޯހިޔާވަހިކަން ހައްލުނުކޮށްދޭ ނަމަ، ސަރުކާރުން ކިތަންމެ ރަނގަޅު ކަންތައްތަކެއް ކޮށްދިނަސް، އެ ހުރިހާ ކަމަކަށް ހިޔަނި އެޅިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިިންތި) މިއަދު ވިދާޅުވެއްޖެއެވެ.
އިންތި މިހެން ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައުވާ 2022 ވަނަ އަހަރުގެ ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ، މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ އުނދަގުލާއި ދަތިކަމާއި ހާސްކަން އޮތްހާ ހިނދަކު ދެން ހުރި ހުރިހާކަމެއް ފަނޑުކޮށްލާނެ ކަމަށެވެ. އެހެންކަމުން އެންމެ އިސްކަމެއް ދީގެން މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަކީ ލާޒިމުކަމެއް ކަމަށް ވިދާޅުވިއެވެ.
އިންތި ވިދާޅުވީ، ގްރޭޓާ މާލޭ ސަރަހައްދުގައި 11000 ފުލެޓް އަޅަން 600 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި އޮތުމަކީ ހިތްހަމަޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް މާލޭ ރައްޔިތުން ބޭނުންވަނީ ގޯތި ކަމަށާއި މާލޭ ރައްޔިތުންނަށް 5000 ގޯތި ދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވުމަކީ މާލޭ ރައްޔިތުންނަށް ލިބޭނެ ހިތްހަމަޖެހުމެއް ކަމަށް ވިދާޅުވިއެވެ.
އިޖުތިމާއީ މައްސަލަތަކަށް އޮތް ހައްލަކީވެސް މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުވެގެން ކަމަށް އިންތި ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު