މަހިންދަ ރާޖަޕަކްސާ ޓްރޮފީ ފޯ ނޭޝަންސް ކަޕުގެ ފުރަތަމަ މެޗުގައި ރާއްޖެއާއި ސްރީ ލަންކާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
ފޯ ނޭޝަންސް ކަޕު އިއްޔެ ފަށަން އޮތް ނަމަވެސް، އިއްޔެ ކުޅެން އޮތް ދެ މެޗު، ލައްކާއަށް މޫސުން ގޯސްވުމުގެ ސަބަބުން މިއަދަށް ފަސްކުރި. ކުރިން އޮތް ގޮތުން ރާއްޖެ މެޗު އޮތީ މިރޭ ކުޅޭ ގޮތަށް ނަމަވެސް، އެ މެޗު ހަވީރަށް ބަދަލުކޮށް، ފެށުމުގެ ރަސްމިއްޔާތުވެސް މިއަދު ހަވީރަށް ބަދަލުކުރި. ފޯ ނޭޝަންސް ކަޕް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ހަމަޖެހިފައި އޮތީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު. އެ ރަސްމިއްޔާތަށް ރައީސް ވަނީ އިއްޔެ ލަންކާއަށް ވަޑައިގެންފައި.
ރާއްޖެއާއި ލަންކާގެ އިތުރުން ދެން ފޯ ނޭޝަންސް ކަޕްގައި ވާދަކުރާނީ ބަންގުލަދޭޝްއާއި ސީޝެލްސް.
ލަންކާއާއި ރާއްޖެ މީގެ ކުރިން 20 މެޗެއްގައި ކުރިމަތިލާފައިވޭ. އޭގެ ތެރެއިން ލަންކާއަށް ރާއްޖެ ބަލިކުރެވުނީ ތިން މެޗެއްގައި. ނުވަ މެޗު އެއްވަރުވެގެން ނިމުނު އިރު، ރާއްޖެއިން ވަނީ އަށް މެޗެއްގައި ލަންކާ ބަލިކޮށްފައި. އެންމެފަހުން ލަންކާއަށް ރާއްޖެ ބަލިކުރެވުނީ 2002 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗެއްގައި. އޭގެ ފަހުން ލަންކާއާ ދެކޮޅަށް ރާއްޖެއިން ކުޅުނު ދިހަ ފަހަރުވެސް، ލަންކާއަށް މޮޅުވެވިފައެއް ނުވޭ. ރާއްޖެއިން އެންމެފަހުން ލަންކާއާ ދެކޮޅަށް ކުޅުނީ ރާއްޖޭގައި މިއަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި. އެ މެޗު 1-0 އިން ކާމިޔާބު ކުރީ ރާއްޖެ. މެޗުގެ ހަމައެކަނި ގޯލު ޖެހީ އަލީ އަޝްފާގު (ދަގަނޑޭ).
- އަލީ ނާޖިހު - ގޯލްކީޕަރު
- ސަމޫހު އަލީ (ސަމުއްޓޭ)
- ހުސައިން ސިފާއު ޔޫސުފް (ކުރޯ)
- މުހައްމަދު އުމައިރު
- އަލީ އަޝްފާގު (ދަގަނޑޭ)
- އިބްރާހިމް އައިސަމް
- އަލީ ފާސިރު (ސެންޓޭ)
- އަކްރަމް އަބްދުލްޤަނީ (އަކޫ) - ކެޕްޓަން
- ހައިޝަމް ހަސަން (ބިޑި)
- އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ)
- ހުސައިން ނިހާން (ނިހާޓު)
- ސުޖަން ޕެރޭރާ - ކެޕްޓަން / ގޯލްކީޕަރު
- ޑަކްސަން ޕުސްލަސް
- ޗަމޯދް ދިލްޝަން
- ޗަރިތާ ރަތުނަޔަކެ
- ކަވިންދޫ އިޝާން
- ޑިލޮން ޑެ ސިލްވާ
- ޗަލަނާ ޗަމީރާ
- އަހުމަދު ވަސީމް ރަޒީކް
- މުހައްމަދު ފަސަލް
- ހެމިލްޓަން އޮމޮލޭ މާވިން
- މުހައްމަދު އަމަން
މަހިންދާ ރާޖަޕަކްސަ ކަޕް
މަހިންދާ ރާޖަޕަކްސަ ކަޕް
މަހިންދާ ރާޖަޕަކްސަ ކަޕް