ޚަބަރު

ފިނި މޫސުމާ ދިމާކޮށް އެއާ ފްރާންސުން ރާއްޖެއަށް ދަތުރުތައް ފަށައިފި

ކުރިއަށް އޮތް ފިނި މޫސުމާ ދިމާކޮށް އެއާ ފްރާންސުން އެގައުމުގެ ވެރިރަށް ޕެރިހާއި މާލެއާ ދެމެދު ސީދާ ދަތުރުތައް ފަށައިފިއެވެ.

ކޮންމެ އަހަރެއްގެވެސް ފިނި މޫސުމާ ދިމާކޮށް ރާއްޖެއަށް ސީދާ ދަތުރުތައް ބާއްވާ އެއާ ފްރާންސުން މިފަހަރުވެސް ޕެރިހާއި މާލެއާ ދެމެދު ހަފުތާއަކު ތިން ދުވަހު ފްލައިޓު ބާއްވާނެ އެވެ. އަދި އެނބުރި ޕެރިހަށް ދާނީ ކޮލަމްބޯ މަގުންނެވެ.

ފްރާންސްގެ ގައުމީ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް އެންމެ ފުރަތަމަ ފެށީ 2017 ވަނަ އަހަރު އެވެ. އެ އެއާލައިންގެ ދަތުރުތައް ކޮވިޑާ ގުޅިގެން މެދުކަނޑާލުމަށްފަހު އަލުން ފެށީ ޑިސެމްބަރު 2020ގަ އެވެ.

މި އަހަރު ރާއްޖެއަށް 10 ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އައީ ފްރާންސުންނެވެ. އެގޮތުން މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އެގައުމުން 18،864 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.