ރައްޔިތުންގެ މަޖިލީހުގެ ތިން މެންބަރަކު ހިމެނޭ ގޮތަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރައްޔިތުންގެ މަޖިލީހުގެ ތަފުތަރުގައި ހިމަނުއްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ދަނގެތި ދާއިރާގެ މެންބަރު އަހުމަދު ނާޒިމާއި، ތިމަރަފުށީ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒާއި، ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ ތަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ މެންބަރުންގެ ރަޖިސްޓްރީގައި ހިމެނިފައިވާ ކަމަށެވެ.
އެއަށްފަހު އެކަމާބެހޭ ލިޔުންތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފޮނުވާފައި ވާތީ، އެ ތިން މެންބަރުންނަކީ އެމްއެންޕީއަށް ނިސްބަތްވެވަޑައިގަންނަވާ ތިން މެންބަރުން ކަމަށް މަޖިލީހުގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ޕާޓީއެއްގެ ގޮތުގައި ހިމަނާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މި ބަދަލާއެކު، މިހާރު މަޖިލީހުގައި ތިއްބެވި މެންބަރުން ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ އަދަދަށް ވަނީ ބަދަލުތަކެއް އައިސްފައެވެ.
އެގޮތުން މިހާރު މަޖިލީހުގައި ހިމެނި ވަޑައިގަންނަވަނީ އެމްޑީޕީގެ 65 މެމްބަރުންނާއި، ޕީޕީއެމްގެ ހަ މެންބަރުންނާއި ޖޭޕީގެ ތިން މެމްބަރުންނާއި ޕީއެންސީގެ ތިން މެންބަރުންގެ އިތުރުން އެމްއެންޕީގެ ތިން މެންބަރުންނާއި އެމްޑީއޭގެ ދެ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ފަސް މެންބަރުންނެވެ.
މަޖިލިސް ރައީސް ވިދާޅުވީ މި ބަދަލާއެކު މަޖިލީހުގެ ކޮމިޓީތަކުގައި މެންބަރުން އެތުރިފައިވާ ގޮތަށް އަންނަ ބަދަލު ހާމަ ކޮށްދެއްވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް