މާލޭގައި އިއްޔެ ހިންގި މާރާމާރީއެއްގައި ޒުވާނަކު ޒަހަމްވެއްޖެއެވެ.

ފުލުހުން ބުނީ އެ މާރާމާރީ ހިންގާފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި އަލަމާ ގޯޅީގައި ކަމަށެވެ.

އެ މާރާމާރީގައި އަނިޔާވެފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާއަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އަނިޔާގެ ތަފްސީލެއް އެނގިފައެއް ނުވެއެވެ.

މި މާރާމާރީއާ ގުޅިގެން ފުލުހުން ވަނީ 15 އަހަރު ނުފުރޭ ދެކުދިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް އެކުދިން ގެ އާއިލާއާ ހަވާލުކޮށްފައެވެ. އެއީ ކުޑަކުދީން ކަމަށް ވާތީއެވެ.

މި މާރާމާރީގެ މައްސަލަ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓުމަންޓުން އަންނަނީ ތަހުގީގު ކުރަމުންނެވެ.