ކާބޯތަކެތީގެ އިންފްލޭޝަން މާލެ އާއި އަތޮޅު ތެރޭގައިވެސް ދަށްވެއްޖެއެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ފާއިތުވި ދެތިން މަސް ދުވަހު، ކާބޯތަކެތީގެ އިންފްލޭޝަން ހުުރީ 5.6 ޕަސަންޓުގައެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިއަހަރު ފެށުނު އިރު ކާބޯތަކެތީގެ އިންފްލޭޝަން ހުރީ، 1.2 ޕަސެންޓުގައެވެ. ނަމަވެސް މާޗު މަހަށް ފަހު އިންފްލޭޝަން ރޭޓު މަތިވަމުން ގޮސް ޖޫން މަހު އިންފްލޭޝަން ރޭޓު 7.3 ޕަސަންޓަށް ވެސް އެރިއެވެ.

ޖޫން މަހަށް ފަހު، އޮގަސްޓުގައި އިންފްލޭޝަން ވަނީ ޖޫން މަހަށް ވުރެ 1.6 ޕަސަންޓު ދަށްވެފައެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި އަތޮޅު ތެރޭގައި އެންމެ ބޮޑަށް ތަކެތީގެ އަގުތައް އުފުލުނީ ޖޫން މަހާއި ޖުލައި މަހުއެވެ. އެގޮތުން ދެ މަހު ވެސް އިންފްލޭޝަން ހުރީ 7.1 ޕަސެންޓުގައެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ ޖުމްލަ އިންފްލޭޝަން ރޭޓު ހުރީ ޖީޑީޕީގެ ނިސްބަތުން 0.8 ޕަސަންޓުގައެވެ.