ކޮވިޑް ޖެހިގެން އައްޑޫ ސިޓީން އިތުރު މީހަކު މަރުވެއްޖެއެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން މިރޭ ބުނީ އައްޑޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ 87 އަހަރުގެ ދިވެހި ފިރިހެނަކު މިރޭ 6:35 ހާއިރު މަރުވެފައިވާ ކަމަށެވެ.
މިއީ ކޮވިޑުގައި އައްޑޫ ސިޓީން މަރުވި ހަ ވަނަ މީހާއެވެ. ކޮވިޑު ޖެހިގެން އައްޑޫ ސިޓީން މިދިޔަ ބުދަ ދުވަހުވެސް މީހަކު ވަނީ މަރުވެފައެވެ. އެއީ އުމުރުން 87 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިއަދުގެ މަރާއެކު ރާއްޖޭގައި ކޮވިޑު ޖެހިގެން މަރުވި މީހުންގެ އަދަދު 239 އަށް އަރާފައިވާ އިރު، މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 222 ދިވެހީންނާއި 17 ބިދޭސީންނެވެ.
މި ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މި އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ.
ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު