ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ އާއި އިންޑިއާ މިރޭ ބައްދަލުކުރާ މެޗުން މޮޅުވެ ރާއްޖޭގެ ގައުމީ ޓީމު މުބާރާތުގެ ފައިނަލަށް ދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޒާޖީ ގޮތުން ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، އެކަމާ ބެހޭ ގޮތުން ކަމާބެހޭ މާހިރުންނާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
އެކަމާބެހޭ މާހިރުންގެ ގޮތުގައި މަޝްވަރާ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ އާއި ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާއާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، މިރޭގެ މެޗުން އެއްވަރުވިޔަސް ރާއްޖެ ފައިނަލަށް ދާނެ ކަމަށް ނިއުޝާ ވިދާޅުވެފައިވާ ކަމަށެވެ. ކައުންސެލް ޖެނެރަލްގެ ޒަވާޖީ ހަޔާތް ގުޅިފައި އޮންނަނީ ވަރަށް ބޮޑަށް ބޯޅަޔާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ކައުންސެލް ޖެނެރަލް އަކީ މީގެ މާބޮޑު މާހިރެއް، ކައުންސެލް ޖެނެރަލްގެ ޒަވާޖީ ހަޔާތް ގުޅިފައި އޮންނަނީ ވަރަށް ބޮޑަށް ބޯޅަޔާ، ވިދާޅުވި އެއްވަރުވިޔަސް އަޅުގަނޑުމެން ފައިނަލަށް ދާނެ ކަމަށް، އެހެންވީމާ އެއްވެސް ޝައްކެއްވެސް ނެތް ދިވެހި ޓީމަށް މިރެއަކީ މޮޅުވެގެން ފައިނަލަށް ދާރޭ،"
މަޖިލިސް ރައީސް މިހެން ވިދާޅުވީ، ކައުންސެލް ޖެނެރަލްގެ ކައިވެނި ބައްލަވައިގެން އުޅުއްވަނީ، ގައުމީ ޓީމަށް ގިނަ ކާމިޔާބުތަކެއް ހޯއްދަވައިދެއްވި ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އާ ކަމަށްވާތީ އެވެ. ނަމަވެސް މިފަހަރުގެ ގައުމީ ޓީމުން ބަކާއަށް ފުރުސަތު ލިބިފައެއް ނުވެއެވެ.
މިރޭގެ މެޗުން ރާއްޖެ މޮޅުވެއްޖެ ނަމަ ފައިނަލަށް ދާނެ ކަމުގެ ޔަގީންކަން ލިބޭނެއެވެ. އަދި އެއްވަރުކޮށްލައިގެން ވެސް ފައިނަލުގެ ޖާގައެއް ކަށަވަރުވާނެއެވެ. ނަމަވެސް އިންޑިއާ ފައިނަލަށް ދިއުމަށް ރާއްޖެ ބަލިކުރަން މަޖުބޫރުވާނެއެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް