ދުވާރުމަތިން ހިނގާފައި ދަނިކޮށް، ހަދަމުންދިޔަ އިމާރާތެއްގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި، މަރުވި ބަންގްލަދޭޝްގެ ރައުޝަން ޖިއާންގެ މަރުގެ ބަދަލެއްގެ ގޮތުގައި ޑަބްލިޔު ކޮންސްޓްރަކްޝަނުން 4.5 މިލިޔަން ރުފިޔާ ދައްކަން ކުރި ހުކުމް، ހައިކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.
ހައިކޯޓުގެ މީޑިއާ އޮފިޝަލު އަމީން ފައިސަލް ވަނީ ޖިއާންގެ މައްސަލަގައި އިއްވި ހުކުމް ޑަބްލިޔު ކޮންސްޓްރަކްޝަންގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާ ކަން "ވަން" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
ޖިއާންގެ މަރުގެ ބަދަލެއްގެ ގޮތުންނާއި ލިބެމުންދާ ނަފުސާނީ އަދި މާލީ ގެއްލުމުގެ ބަދަލު ޑަބްލިޔު ކޮންސްޓްރަކްޝަންގެ ފަރާތުން ނަގައިދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ 2019 ގަ އެވެ. އެ މައްސަލައިގައި މިދިޔަ އޮގަސްޓު މަހު ކޯޓުން ވަނީ، ޖިއާން މަރުވި ހާދިސާގައި ޑަބްލިއު ކޮންސްޓްރަކްޝަންގެ މުވައްޒަފުންގެ އިހުމާލު އޮތް ކަން ސާބިތުވާތީ 4.5 މިލިޔަން ރުފިޔާ ދެއްކުމަށް ހުކުމް ކޮށްފަ އެވެ.
ޖިއާންގެ އާއިލާއިން ފުރަތަމަ އެދުނީ އޭނާގެ މަރުގެ މައްސަލައިގެ ބަދަލެއްގެ ގޮތުން ޑަބްލިޔު ކޮންސްޓްރަކްޝަނުން 17.4 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ.
ނަމަވެސް ސިވިލް ކޯޓުން ނިންމީ، ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، އާއިލާއިން އެދުނު އަދަދު ނަގައިދެވެން ނެތް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު